މަސްވެރިކަމާއި ގުޅޭ

ހުޅަނގު މޫސުމުގެ ކުރީކޮޅު ހިބަރު މަސްވެރިކަމަށް ރަނގަޅީ ވަދު ނަނު

ހިބަރު މަސްވެރިކަން ކުރުމުގައި ދެ ބާވަތެއްގެ އާލާތް ބޭނުން ކުރެއެވެ. އެއީ ވަދު ނަނާއި ބޮއިނަނެވެ.

މި ދެ ބާވަތުގެ ތެރެއިން، އެ ދުވަސްވަރަކު ހިބަރުގެ މަސްވެރިކަން ކުރާނެ ބާވަތެއް ކަނޑައަޅަނީ މޫސުމަށް ބަލައިގެންނެވެ. މިގޮތުން ގިނަ މަސްވެރިން ހުޅަނގު މޫސުމުގެ ކުރީކޮޅު ބޮއި ނަނު ބޭނުން ކުރުމުގެ ބަދަލުގައި ބޭނުން ކުރަނީ ވަދު ނަނެވެ.

ހުޅަނގު މޫސުން ފެށޭ ދުވަސްވަރަކީ، މުޅި އަހަރު ތެރޭގައިވެސް ހިބަރު މަސްވެރިކަން އެންމެ ރަނގަޅުވާ ދުވަސްވަރު ކަމަށް މަސްވެރިން ދެކެއެވެ.

ވަދު ނަނު ބޭނުންކޮށްގެން ހިބަރުގެ މަސްވެރިކަން ކުރާއިރު އެއްފަހަރަށް ކޮންމެ ދޯންޏަކުން ފަސް ނަނު ދޫކުރެވެއެވެ. ކޮންމެ ނަނެއްގައިވެސް ހިބަރުގެ މަސްވެރިކަމަށް ހާއްސަ ވަދެއް އައްސައެވެ.

ވަދުގައި ހިފަން ހިބަރު އަންނަ ވަގުތު، ހިބަރުގެ ތުންގަނޑުގައި ވަދު އޮޅުމުން ހިބަރުގައި ހިފައި ދޯންޏަށް އަރުވައެވެ. ދެން ހިބަރުގެ ބޮލުގައި ބާރަށް ޖަހައި، ހިބަރު ހޭނައްތާލައެވެ.

ބޮއި ނަނަކީ ބޮއެއްގައި އައްސާފައި އޮޔާ ދޫކޮށްލާފައި އޮންނަ ނަނެކެވެ. އެމަކާއެކު ބުޅިއެއް މި ނަނުގެ ކޮޅުގައި އައްސާފައި އޮވެއެވެ. އަދި ކޮންމެ ދޯންޏާކުން 15 ވަރަކަށް ނަނު ދޫކޮށްފައި ހުރެއެވެ.

ނަނު ދޫކުރާއިރު ބައެއް ދޯނިތަކުން ބަރިއެއް ލާއިރު، އަނެއްބައި ދޯނިތަކުން ބަރި ނުލާ މަސްވެރިކަން ކުރެއެވެ.

މި ބާތަވުގެ މަސްވެރިކަމަށް އާއްމުކޮށް ބޭނުން ކުރާ އެމުގެ ތެރޭގައި، މުށި މަސް، ރިތް މަސް އަދި ވާލަން ރޮނޑު ހިމެނެއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!