މަސްވެރިކަމާއި ގުޅޭ

ނޭވާ ހަރަކާތުގއި ތިބޭނެ ގޮތް -- ފޮޓޯ/ ކުޑަ ރިޗާޑް
ނޭވާ ހަރަކާތުގއި ތިބޭނެ ގޮތް -- ފޮޓޯ/ ކުޑަ ރިޗާޑް

"ނޭވާ 2" ހަރަކާތުގައި މި މަހުގެ ނިޔަލަށް އާއްމުންނަށް ބައިވެރި ވެވޭނެ

"ނޭވާ 2" ހަރަކާތުގައި މި މަހުގެ ނިޔަލަށް އާއްމުންނަށް ބައިވެރި ވެވޭނެ ކަމަށް އެ ހަރަކާތް އިންތިޒާމު ކުރާ ފަރާތުން ބުނެފިއެވެ.

މި ހަރަކާތް ރާވާ އިންތިޒާމު ކުރަނީ ފްރީ ޑައިވް މޯލްޑިވްސްގެ ފަރާތުންނެވެ.

މި އަހަރުގެ އޮކްޓޯބަރު މަހުގައި އޮންނަ 'ނޭވާ 2' ހަރަކާތަކީ، ވޯލްޑް ރެކޯޑް ހެދުމަށް ބާއްވާ ހަރަކާތެކެވެ. މި ހަރަކާތާ ބެހޭގޮތުން މި ނޫހަށް މައުލޫމާތު ދެއްވަމުން ފަހުދު ފާއިޒު ވިދާޅުވީ، އާއްމުންނަށް ދެ ގޮތަކަށް މި ހަރަކާތުގައި ބައިވެރި ވެވޭނެ ކަމަށެވެ.

އޭގެ ތެރެއިން އެއް ގޮތަކީ، ނޭވާ ހިފަހައްޓަން ޑައިވަރެއް ގޮތުގައި ބައިވެރި ވުމެވެ. އަނެއް ގޮތަކީ ސޭފްޓީ ޑައިވަރެއްގެ ގޮތުގައި ބައިވެރި ވުމެވެ.

ފަދުހު ވިދާޅުވީ، ޑައިވަރެއްގެ ގޮތުގައި ބައިވެރިވާ މީހުން ނޭވާ ހިފަހައްޓަން ޖެހޭނީ ފެންމަތީގައި، މޫނު އަޑިއަށްް ލައިގެން އޮވެ ކަމަށާއި، އަޑިއަށް ދާން ނުޖެހޭނެ ކަމަށެވެ. އެގޮތަށް އޮންނަން ޖެހޭނީ ދެ މިނެޓް ވަންދެންނެވެ.

"އެގޮތަށް ބައިވެރިވާން އެންމެ ރަނގަޅީ، މިހާރުވެސް ދެ މިނިޓް ވަރު ނޭވާ ހިފެހެއްޓޭ މީހުން،" ފަހުދު ވިދާޅުވިއެވެ.

ޑައިވަރުންގެ ގޮތުގައި ބައިވެރިވާ މީހުންގެ ތެރެއިން، މި ހަރަކާތަށް ނަގާނީ ސެލެކްޝަން އެއް ހެދުމަށްފަހުގައި ކަމަށް ފަހުދު ވިދާޅުވިއެވެ. މީގެ އިތުރުން ފަހުދު ވިދާޅުވީ، ބައިވެރިވާ މީހުންގެ އަތުގައި ޑައިވިން ލައިސަންސް އޮންނަން ނުޖެހޭ ކަމަށެވެ.

ސޭފްޓީ ޑައިވަރެއްގެ ގޮތުގައި ބައިވެރިވާ މީހުންނަށް ޓްރެއިނިން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ކެޓަގަރީގައި ބައިިވެރިވާ މީހުންގެ އަތުގައި ވެސް ލައިސަންސެސް އޮންނަން ނުޖެހޭ ކަމަށް ފަހުދު ވިދާޅުވިއެވެ.

މި މަހުގެ ނިޔަަލަށް ބައިވެރި ވާން ހުޅުވާލާފައިވާ މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް، ލިންކް މެދުވެރިކޮށް ބައިވެރި ވެވޭނެއެވެ. އުމުރުން 18 އަހަރު ފުރިފައިވާ، ސިއްހަތު ރަނގަޅަށް ހުރި ކޮންމެ މީހަކަށް ވެސް މި ހަރަކާތުގައި ބައިވެރި ވެވޭނެއެވެ.

މި ހަރަކާތް އިންތިޒާމު ކުރާ ފަރާތުގެ އެދުމަކީ، މިއީ ގައުމީ ހަރަކާތެއް ގޮތުގައި ދެކިގެން، ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!