މަސްވެރިކަމާއި ގުޅޭ

މަސްވެރިކަން ކުރާއިރު ކަނޑަށް އާލާތެއް ދޫކުރާނަމަ، ނިމިގެން އެ ނަގަން ޖެހޭ

މަސްވެރިކަން ކުރުމުގައިވެސް އެންމެ ރަނގަޅު ގޮތްތަކާއި އުސޫލުތައް ބޭނުން ކުރަން ޖެހެއެވެ.

ރާއްޖޭގެ ތިމާވެއްޓަކީ ނާޒުކު ތިމާވެއްޓަކަށް ވީހިނދު، ދިރޭތަކެތީގެ މުއްސަނދިކަމާއި ގުދުރަތީ ވަސީލަތްތަކާއި ރީތިކަން ކުރިއަށް އޮތް ޖީލުތަކަށް ދާނެހެން ދަމަހައްޓަން ޖެހެއެވެ. އެކަމަށްޓަކައި، މަސްވެރިންވެސް ބޮޑު ދައުރެއް އަދާކުރެއެވެ.

މަސްވެރިންނަކީ ގިނަ ވަގުތު ކަނޑުމަތީގައި އުޅޭ ބަޔަކަށް ވެފައި، އެމީހުން ކުރާ ކަންތައްތަކުންވެސް ތިމާވެއްޓަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން މަސްވެރިކަމުގައި އުޅޭއިރު، ކުރެވޭނެ ކަންތައްތަކާއި މަނާ ކަންތައްތަކެއް ހުރެއެވެ.

މަސްވެރިކަމުގައި ވިޔަސް، ތިމާވެއްޓަށް ނޭދެވޭ އަސަރު ކުރާ އެއްވެސް ކަމެއް ކުރުމަކީ މަނާކަމެކެވެ. އަދި މަސްވެރިކަމުގައިވިޔަސް ކަނޑުގެ ގުދުރަތީ ވަސީލަތްތައް ބޭކާރު ވިޔަ ނުދީ ވޭތޯ ބަލަން ޖެހެއެވެ.

އެހެންކަމުން، މަސްވެރިކަމުގައި، ބާނަން ނުވަތަ ހިފަން ބޭނުންވާ ބާވަތްތައް ފިޔަވައި އެހެން ބާވަތްތައް ހިފުމާއި ނެގުމުން ދުރުވާން ޖެހެއެވެ.

މަސްވެރިކަމުގައި އުޅޭއިރުވެސް ޕްލާސްޓިކްގެ ބާވަތްތައް ބޭނުން ކުރާނެއެވެ. އެހެންކަމުން މަސްވެރިން ސަމާލުކަން ދޭންޖެހޭނެ ކަމަކީ، އެފަދަ ޕްލާސްޓިކް އަދި ކުނި، ޒިންމާދާރު ކަމާއެކު ރަނގަޅުގޮތެއްގައި ނައްތާލުމެވެ.

މީގެ އިތުރުން، މަސްވެރިކަން ކުރުމުގައި ކަނޑަށް އެއްވެސް ބާވަތެއްގެ އާލާތެއް ދޫކުރާނަމަ، މަސްވެރިކަން ނިމުމަށްފަހު އެ އާލާތެއް ނަގަން ޖެހެއެވެ. އެފަދަ އާލާތެއް ގަސްދުގައި ކަނޑަށް ދޫކޮށްލުމަކީ މަނާކަމެކެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!