މަސްވެރިކަމާއި ގުޅޭ

ހުއިފިލަނޑާގެ މަސްވެރިކަން މެނޭޖް ކުރުމުގެ ޕްލޭން ކޮންމެ 4 އަހަރަކުން މުރާޖައާ ކުރަންޖެހޭ

ދިވެހި ރާއްޖޭގައި ހުއިފިލަނޑާގެ މަސްވެރިކަން މެނޭޖް ކުރުމުގެ ޕްލޭންގައި ވާގޮތޮތުން، ކޮންމެ ހަތަރު އަހަރަކުން އެ ޕްލޭން މުރާޖަޢާ ކުރަން ޖެހޭނެއެވެ.

މި ޕްލޭން މުޠާލިޢާ ކުރުމުގައި، ހުއިފިލަނޑާގެ މަސްވެރިކަން ކުރާ ފަރާތްތަކާއި، ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކާއި ޕްރޮސެސްކުރާ ފަރާތްތަކާއި އެކްސްޕޯޓަރުންނާއި އަދި އެހެނިހެން މަޞްލަޙަތުވެރިންގެ ބައިވެރިވުން ކަށަވަރު ކުރެވޭނެ ކަމަށް އެ ޕްލޭންގައިވެއެވެ.

މީގެ އިތުރުން، އެ ޕްލޭންގައިވާ އެއްވެސް ފިޔަވަޅެއް އަވަސް ގޮތެއްގައި ބަދަލު ކުރަން ޖެހިއްޖެނަމަ، އެކަން ތަންފީޒުކުރާނީ، ކޮމިޓީގެ މަޝްވަރާ އާއެކު އެ ފިޔަވަޅެއް މުޠާލިޢާ ކުރުމަށްފަހުގައެވެ.

ހުއިފިލަނޑާގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޒު ކުރަން ޖެހޭނީ ފިޝަރީޒް މިނިސްޓްރީންނެވެ.

އެ ޕްލޭންގައި ވާގޮތުން، ހުއިފިލަނޑާ ކައްކާ، ޕްރޮސެސް ކުރުމަށްފަހު، ހުއިފިލަނޑާ ކެއްކި ފެންގަނޑު ފަޅުތެރެއަށް ނުވަތަ ފަޅު މައްޗަށް އުކާލާކަން ފާހަގަ ވެފައި ވާތީ، އަދި އޭގެ ސަބަބުން ހުއިފިލަނޑާގެ ހުންނަ ވިހަ މާއްދާތަކުން ފަރުގައި އުޅޭ ދިރުންތަކަށް ނޭދެވޭ އަސަރު ކުރާކަން ވަނީ ފާހަގަ ވެފައެވެ. އެހެންކަމުން އެކަން ހައްުލު ކުރުމުގެ ގޮތުން، ހުއިފިލަނޑާ ކައްކާ، ސާފުކޮށް ބާކީވެފައިވާ ފެންގަނޑު ރަށެއްގެ ފަޅުތެރެއަށް ނުވަތަ އުރަފަށުން ބޭރަށް އޮންނަ 300 މީޓަރުގެ ސަރަހައްދުގެ ތެރެއަށް އެޅުން ނުވަތަ އުކާލުން ވަނީ މަނާކުރެވިފައެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!