މަސްވެރިކަމާއި ގުޅޭ

ރާއްޖެއަށް ވިއްސާރަކުރުން -- ފޮޓޯ/ އަވަސް
ރާއްޖެއަށް ވިއްސާރަކުރުން -- ފޮޓޯ/ އަވަސް

މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ޔެލޯ އެލަރޓް

އިއްޔެއެކޭ އެއްފަދައިން މިއަދުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލަރޓް ނެރެފިއެވެ.

ދިވެހިރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ، ހއ އިން ފެށިގެން އދ އަތޮޅާ ހަމަޔަށް ރީނދޫ ސަމާލު ނެރެފައެވެ. އެހެންކަމުން މިއަދު މެންދުރު 2:00 އާ ހަމައަށް، އެ ސަރަހައްދުތަކުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ރީނދޫ ސަމާލާއެކު، އެ ސަރަހައްދުތަކަށް، ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް މެޓް އޮފީހުން ބުނެއެވެ.'

އިއްޔެވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. އޭގެފަހުން، އެލަރޓް ލެވެލް ދަށްކޮށް، ފަހުން ހުދު ސަމާލަށް ބަދަލު ކުރިއެވެ. ނަމަވެސް މިއަދު މިވަނީ އަލުން ޔެލޯ އެލަރޓް ނެރެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!