މަސްވެރިކަމާއި ގުޅޭ

މަސްވެރިކަމުގެ މައުލޫމާތު: މާޙައުލީ ނިޒާމުގައި ހުފިލަނޑާގެ ދައުރު

ހުއިފިލަނޑާ އަކީ މާަޙައުލީ ނިޒާމުގައި މުހިންމު ދައުރެއް އަދާކުރާ ދިރުމެކެވެ. މިގޮތުން ކަނޑުގެ ފަސްގަނޑު އަދި ފަރުތަކުގެ މާޙަައުލީ ނިޒާމުތަކުގެ ޖިސްމާނީ އަދި ކެމިކަލް ޕްރޮސެސްތައް ދެމެހެއްޓުމުގައި ހުއިފިލަނޑާ މުހިންމު ދައުރެއް އަދާކުރެއެވެ.

ކަނޑުގެ ފަސްގަނޑުން ކައިއުޅޭ ހުއިފިލަނޑާ، ފަސްގަނޑުގެ މަތީ ފަށަލައިގައިވާ ވެއްޔާއި ޗަކައާ އެކުވެފައިވާ އޯގަނިކް މެޓީރިއަލް ކެއުމަށްޓަކައި މޫދުގެ ފަސްގަނޑު ކޮނެހެދުމުގެ ސަބަބުން ބިމުގެ ފަށަލަތައް އެތުރިފައިވާ ގޮތަށް އަސަރު ކުރުވައެވެ. މިގޮތުން ބިންގަނޑުގެ ފަށަލަތައް ވަކި ގޮތަކަށް ހަމަޖެހި އެގޮތުގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.

ހަމައެފަދައިން ލޮނުގަނޑުގެ ތެރޭގައި އޮޔާއެކު ދައުރުވާ ކުދި ސޫފި ކައިއުޅޭ ހުއިފިލަނޑާ، ފެނުގައި ހިމެނޭ ކާބޮނޭޓްގެ މިންވަރު އަދި ޕީއެޗް ބަދަލުކޮށް، ފެނުގެ ކޮލިޓީ ހިފަހައްޓައެވެ. މީގެ އިތުރުން، ބެކްޓީރިއާ އަދި އޯގަނިކް މެޓީރިއަލް ކެއުމުގެ ސަބަބުން، އޯގަނިކް ހަކަތައިން މަދުވާ މިނަރަލްގެ ނިސްބަތް އަލުން އިޔާދަ ކޮށްދިނުމުގައި އެސޮރުމެން ވަރަށް މުހިންމު ދައުރެއް އަދާކޮށްދެއެވެ.

އެހެންކަމުން ހުއިފިލަނޑާ ވެފައި ވަނީ، ފަރުތަކުގެ އަދި ކަނޑުގެ ބިންގަނޑުގެ އުފެއްދުންތެރިކަން އިތުރުކޮށްދޭ މުހިންމު ދިރުމެއްކަމުގައެވެ.

ކޮޕެޕޮޑްސް، ކަކުނި އަދި ޑިނގާ ފަދަ އެހެން ދިރުމެއްގެ ހަށިގަނޑުގެ ބޭރުފުށުގައި ތަތްކޮށްލައިގެން އޮވެ، އެ ދިރުމަކަށް ގެއްލުމެއް ނުވާނެހެން ކޮންމެވެސް ގޮތަކުން އެ ދިރުމަކުން ފައިދާއެއް ލިބިގަންނަ ބާވަތްތަކަށް އަދި ޕްރޮޓޮޒޮއާ ފަދަ އެހެން ދިރުމެއްގެ ހަށިގަނޑުގެ އެތެރޭގައި އޮތެ އެ ދިރުމަކަށް ގެއްލުމެއް ނުވާނޭހެން އެ ދިރުމަކުން ކޮންމެވެސް ފައިދާއެއް ލިބިގަންނަ ބާވަތްތަކަށްވެސް ހުއިފިލަނޑާއަކީ މުހިންމު ދިރުމެކެވެ.

އަދި މީގެ އިތުރުންވެސް އެހެނިހެން މަސްމަހާމެއްސަށް ހުއިފިލަނޑާގެ ފަރާތުން ގިނަގުނަ ފައިދާތައް ލިބެއެވެ.

ހުއިފިލަނޑާއަކީ ކަނޑުގެ މާހައުލުގެ ފުޑްޗެއިން ދެމެހެއްޓުމުގައިވެސް މުހިންމު ދައުރެއް އަދާކުރާ ދިރުމެކެވެ. މިގޮތުން ޒައްރާފެހި އަދި މަރުވެފައިވާ ދިރުންތަކުން އުދެފޭ އޯގަނިކް މެޓީރިއަލްތަކުން ހަކަތަ ހޯދައި ކަނޑުގައިއުޅޭ ކަކުންޏާއި އިއްސާއި ޑިނގާ ފަދަ ދިރުންތަކަށް އެ ހަކަތަ ފޯރުކޮށްދެއެވެ.

މިކަމުގެ ސަބަބުން ފުޑް ޗެއިންއަށް އިތުރު މުއްސަނދިކަން ގެނެސްދެއެވެ. މިފަދަ ގިނަގުނަ ފައިދާތަކެއް ހުއިފިލަނޑާގެ ފަރާތުން މާހައުލީ ނިޒާމަކަށް ލިއްބައިދޭއިރު، އެކަށީގެންވާ ގޮތަކަށް ބެލެހެއްޓުމެއް ނެތި ހުއިފިލަނޑާ ނެގުކުގެ ސަބަބުން މާހައުލީ ނިޒާމުގެ އުފެއްދުންތެރިކަމަށް ނޭދެވޭ އަސަރުތައް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!