މަސްވެރިކަމާއި ގުޅޭ

viber_image_2022-09-18_22-03-19-161

ދޯންޏެއްގައި ހުރި 40 އަހަރުގެ މަސްވެރިއެއް ވެއްޓި ޒަޚަމްތަކެއް ލިބުމާ ގުޅިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

މަސް ދޯންޏެއްގައި ހުރި 40 އަހަރުގެ މަސްވެރިއެއް ވެއްޓި ޒަޚަމްތަކެއް ލިބުމާ ގުޅިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މަސްވެރިކަމުގައި ހަރަކާތްތެރި ވަމުންދަނިކޮން އަނިޔާވެފައި ވަނީ، ހއ އިހަވަންދޫ "އަރާކުރި" ދޯނީގެ މަސްވެރިއަކަށެވެ. މަސްވެރިޔާ ޒަޚަމްވީ، ދޯނީގެ ސިޑިމަތިންކަހާލައި ވެއްޓިގެންނެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްއިން ބުނީ، ޅ.އަތޮޅު އެތެރެވަރިން ޅ.ކުރެންދޫގެ އިރުން ފަސް ނޯޓިކަލް މޭލު ބޭރުން މަސްވެރިކަމަށް ނުކުމެ އުޅުނު މަސް ދޯންޏެއްގައި ހުރި މަސްވެރިއެއް ވެއްޓި ޒަޚަމްތަކެއް ލިބުމާ ގުޅިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބުނީ މިއަދު 13:30 ހާއިރު ކަމަށާއި އަދި، ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެ ދޯނި އޮތް ސަރަހައްދަށް ގޮސް، ޒަޚަމްތައް ލިބިފައިއޮތް މީހާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އެމްއެންޑީއެފް ކޯސްޓްގާޑު "ހާބަރ ކްރާފްޓް 115" އުޅަނދަށް އެ މީހާ ނެގުމަށްފަހު، މިއަދު 14:18 ހާއިރު ޅ.ނައިފަރަށް ގެންގޮސްދީފައި ވާނެކަމަށްވެސް އެމްއެންއެފްއިން މައުލޫމާތު ދިނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!