މަސްވެރިކަމާއި ގުޅޭ

ޑެއިޒީ ވިއު އަދި މާކެޔޮޅު މާންދޫ ބޯޓަކަށް މަސްކިރުވަނީ - ފޮޓޯ: މަސްވެރިން
ޑެއިޒީ ވިއު އަދި މާކެޔޮޅު މާންދޫ ބޯޓަކަށް މަސްކިރުވަނީ - ފޮޓޯ: މަސްވެރިން

މާންދޫން މަސްކިރައި، ފައިސާ ލިބުން ލަސްވާތީ މަސްވެރިން ކަންބޮޑުވުން ފާޅުކުރަނީ

މާންދޫން މަސް ކިރައި، ފައިސާ ލިބުން ލަސްވާތީ މަސްވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގަމުންދާ މާންދޫ ފިޝަރީޒްކޮމްޕްލެކްސް އަށް މަސް ކިރުވާ، ލ އަތޮޅުގެ ދޯނިތަކުން ވަނީ ފައިސާގެ ދަތިކަން ކުރިމަތިވެ، އެކަމާ ނުރުހުން ފާޅުކޮށްފައެވެ.

ނަން ނުޖެހުމަށް އެދި މި ނޫހާ ވާހަކަދެއްކި މަސްވެރިއަކު ބުނީ، އާއްމުކޮށް މިފަދައިން ކަންތައް ނުވާ ކަމަށާއި ނަމަވެސް މިފަހަރު މަސް ކިރި ފައިސާ ލިބުން ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށެވެ.

"ވަރަށް ދުވަސް ވެއްޖެ. މިހާރު މަހެއްހާ ދުވަސް ވީ ބިލަށް" މަަސްވެރިޔާ ބުންޏެވެ.

އެ ސަރަހައްދުގެ އެހެން ދޯނިތަކަށްވެސް މި މައްސަލަ ކުރިމަތިވެފައި ވާކަން ފާހަގަކޮށް މަސްވެރިޔާ ބުނީ، އެ ދޯންޏަށް ލިބެންޖެހޭ ހަތް ލައްކައެއްހާ ރުފިޔާ ނުލިބި ވާކަމަށެވެ.

"މަސްވެރިންނަށް ދެން ވަރަށް ބައިވަރު ދަތިތަކާ ކުރިމަތިވާނެތާ، ލާރިއެއް ނުލިބެންޏަކާ ދޯނީގެ ފަޅުވެރިންނަކަށް ލާރިއެއް ނުއެއް ދެވޭނެ. އެއްވެސް މީހަކަށް އެއްޗެއްވެސް ދިއްކޮށް ނުލެވޭނެތާ ފައިސާ ނުލިބެންޏާ. ކަރަންޓްބިލް ފެންބިލް އެއްޗެހިވެސް ގެތަކަށް އަންނާނެތާ މަހުގެ 10 ވަނަ ދުވަހު،" ަމސްވެރިޔާ ބުންޏެވެ،

މަސްވެރިޔާ ބުނީ ބިލްތައް ޖަމާ ކޮށްދޭނަމޭ ބުނެފައި އޮންނަނީ 21 ސުވަހުން، 21 ދުވަހުން ކަމަށެވެ. ނަމަވެސް މިހާރު ފައިސާ ނުލިބޭތާ ދޮޅުމަސް ވެފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!