މަސްވެރިކަމާއި ގުޅޭ

އެމްއެންޑީއެފްގެ އުޅަނދެއް -- ފޮޓޯ/ އެމްއެންޑީއެފް
އެމްއެންޑީއެފްގެ އުޅަނދެއް -- ފޮޓޯ/ އެމްއެންޑީއެފް

އިންޖީނު ހުއްޓުނު ކަންނެލި ދޯންޏެއް އޮޔާދާތީ އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފި

ކ. ކާށިދޫ ކަނޑުން އިންޖީން ހުއްޓުނު ކަންނެލި ދޯންޏެއް އޮޔާދާތީ، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފް އިން ބުނީ، މާލެއިން ފުރައިގެން ރ.އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް، ކާށިދޫގެ ހުޅަނގުން 12 ނޯޓިކަލް މޭލް ބޭރުން "ހައިރާތު" ނަމަކަށް ކިޔާ އެ ދޯނީގެ އިންޖީނު ހުއްޓިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއަށް ލިބުނީ މިއަދު 11:01 ހާއިރު ކަމަށެވެ. އަދި ދޯނީގައި ތިބީ ހަ މީހުން ކަމަށެވެ.

"އެ ވަގުތު އެ ހިސާބުން ދަތުރުކުރި 'ދަ ފިއުލް 08' ނަމަކަށް ކިޔާ ތެޔޮބޯޓެއް ދޯންޏާ ކައިރިކޮށް ކަފުޖަހަން މަސައްކަތްކުރި ކަމަށާއި، އަދި، ކަނޑުގަދަކަމުން ކަފު ނުޖެހިގެން، އެ ދޯންޏާ ކައިރިކޮށް ފަހުން ދެ ފަރާތުން ވާ އައްސާފައިވާކަމުގެ މަޢުލޫމާތު ވަނީ ލިބިފަ" އެމްއެންޑީއެފްއިން ބުންޏެވެ.

ކަނޑުގަދަކަމުން ނުދުއްވޭ ކަމާއި ދޯނީގައި އައްސާފައިވާ ވާ ކަނޑައިގެން ގޮސްފިނަމަ ދޯނި އަޑިއަށް ގޮސްދާނެކަމަށް މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ފާސްޓް އިންޓަސެޕްޓަރ ކްރާފްޓް "ހަކުރާ" ލޯންޗު ވަނީ އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!