މަސްވެރިކަމާއި ގުޅޭ

ކާށިދޫ ބޭރުގައި ކަނޑައިގެން ގޮސްފައިވާ ކަނދުފަތި ގާއިމު ކުރުމުގެ ތެރެއިން -- ފޮޓޯ/ ފިޝަރީޒް މިނސިްޓަރީ
ކާށިދޫ ބޭރުގައި ކަނޑައިގެން ގޮސްފައިވާ ކަނދުފަތި ގާއިމު ކުރުމުގެ ތެރެއިން -- ފޮޓޯ/ ފިޝަރީޒް މިނސިްޓަރީ

ކާށިދޫ ބޭރުގައި ކަނޑައިގެން ގޮސްފައިވާ ކަނދުފަތި ގާއިމުކޮށްފި

ކ. ކާށިދޫ ބޭރުގައި ކަނޑައިގެން ގޮސްފައިވާ ކަނދުފަތި ގާއިމުކޮށްފިއެވެ.

މިއަދު ގާއިމު ކުރި މި ކަނދުފައްޗަކީ، ކާށިދޫގެ އުތުރުން 4.5 މޭލު ބޭރުގައި ހަރުކޮށްފައިވާ ކަނދުފައްޗެކެވެ.

މި ކަނދުފަތި ފުރަތަމަ ހަރުކުރީ މި އަހަރުގެ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުއެވެ.

ރާއްޖޭގައިކުރާ ދޮށީގެ މަސްވެރިކަމަށާއި ވަދު މަސްވެރިކަމަށް އަމާޒްކޮށް ޤާއިމްކޮށްފައިވާ ކަނދުފަތީގެ ވިޔުގައިން އެކި ސަބަބުތަކާއިހުރެ ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް ޤާއިމްކުރުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފެށީ ޖުލައި މަހުގެ ތެރޭގައެވެ.

ކަނދުފަތި ހަރުކުރުމުގެ މަސައްކަތުގެ ތެރެއިން، މިނިސްޓްރީން މިހާރު ވަނީ ވަރަށް ގިނަ ކަނދުފަތި އަލުން ގާއިމު ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. އެއް ބޮއެ އަޅާފަ އަނެއްބޮއެ ހިފައިގެން ނަައްޓާލީ .ކިހިނެއް ރަނގަޅުވާނީ..

Comments are closed.