މަސްވެރިކަމާއި ގުޅޭ

Kanneli2

ގަވާއިދެއް ނަހަދާ، މަސްވެރިކަންކުރާ ލައިސަންސްއިން ފީ ނަގަމުންދާތީ ހުށަހެޅި މައްސަލަ މަސްވެރިންނާ އެއްކޮޅަށް ނިމިއްޖެ

ގަވާއިދެއް ނަހަދާ، މަސްވެރިކަންކުރާ ލައިސަންސްއިން ފީ ނަގަމުންދާތީ ހުށަހެޅި މައްސަލަ މަސްވެރިންނާ އެއްކޮޅަށް ނިމިއްޖެއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު އާއްމުކޮށްފައިވާ، "ވިސްލްބްރޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ހުށަހަޅާފައިވާ މައުލޫމާތާއި މައްސަލައިގެ ތަޙުޤީޤު ރިޕޯޓް"ގައި ވާގޮތުން، އެ މައްސަލަ ރައްދުވަނީ ފިޝަރީޒް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެފައިވާ ފަރާތްތަކެވެ.

މިއީ، މަސްވެރިން ކުރުމަށް މިނިސްޓްރީން ދޫކުރާ ލައިސަންސް ދޫކުރުމަށް، ފީ އެއް ނެގުމަށް ގަވާއިދެއްގައި ބަޔާންކޮށްފައި ނެތްއިރު، މަސްވެރިންގެ އަތުން ފީއެއް ނަގަމުން ދާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

https://www.gov.mv/dv/publications/investigation-report-investigated-by-the-whistle-blower-protection-committee--2

މި މައްސަލަ ތަހުގީގުކޮށް، އެ އަމަލު ތަކުރާރުތިޔަ ނުދިނުުގެ ގޮތުން، ދައުލަތުގެ އިދާރާތަކަށް، ފިޔަވަޅުތަކެއް އެޅުމަށް ވަނީ ލަފާދީފައެވެ. އެގޮތުން، ވަކި މަސްވެރިކަމަކަށް  ނުވަތަ މަސްވެރިކަމަކާ ގުޅުންހުރި ހަރަކާތަކަށް ލައިސަންސްއެއް ދޫކުރުމަށް މިނިސްޓްރީން ފީއެއް ނަގާނަމަ، އެ ފީއެއްގެ މިންވަރު، ޤާނޫނުގެ ދަށުން ހަދާ ޤަވާއިދެއްގައި ބަޔާންކުރުމަށް ވަނީ އިދާރާތަކަށް ލަފާދީފައެވެ. އަދި އެނޫން ގޮތަކަށް ފީއެއް ނުނެގުމަށް ސަމާލުކަން ދިނުމަށް ވަނީ ލަފާދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. މިފުކޯ އަކީ އެވަގުތަކު އޮންނަ ސަރުކާރަކުން ސިޔާސީ ފައިދާ ހޯދުމަށްޓަކާ ރައްޔިތުންގެ ޓެކްސް ފައިސާ ބަހަން ގެންގުޅޭ ވަސީލަތެއް.

Comments are closed.