މަސްވެރިކަމާއި ގުޅޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް -- ފޮޓޯ/ ޕީޕީއެމް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް -- ފޮޓޯ/ ޕީޕީއެމް

"ތެލުގެ އަގު މިހާރު މި އޮތް ގޮތަށް އޮތިއްޔާ، އަޅުގަނޑުގެ ސަރުކާރެއްގައި މަސް ކިލޯއެއް 20 ރުފިޔާއަށް ގަންނާނަން"

ވެރިކަމަށް އާދެވޭއިރު ތެލުގެ އަގު މިހާރު މި އޮތް ގޮތަށް އޮވެއްޖެ ނަމަ، މަސް ކިލޯއެއް 20 ރުފިޔާއަށް ގަންނާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ، އިދިކޮޅު ޕީޕީއެމްއިން ހއ. އިހަވަންދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކުފުޅު ދައްކަވަމުންނެވެ.

ޔާމީން ވިދާޅުވީ، މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ބޮޑު އަގުގައި ތެޔޮ އަޅައިގެން މަހަށް ނުކުމެ، ބާނާ މަސްކޮޅަށް ހަމަ އަގު ނުލިބުން ކަމަށެވެ. މަސްވެރިންގެ އެ ދަތިތަކަށް ރިއާޔަތް ކުރައްވާ ޔާމީން ވިދާޅުވީ، ޕީޕީއެމްގެ މަސްވެރިންގެ މެނިފެސްޓޯއަކީ އޭގައި ކުލަޖައްސާނެ ތަސައްވަރެއް ކަމަށެވެ.

"އަޅުގަނޑުމެން ތައްޔާރު ކުރާ ކަރުދާހުގައި ޒުވާނުންގެ ކަންކަން ފުއްދުމަށްފަހު ދެވަނައަށް އެންމެ އިސްކަމެއް ދޭ ކަމަކީ މަސްވެރިކަން،" ޔާމީން ވިދާޅުވިއެވެ.

މި ވާހަކައަށް ރައްދުދެމުން މަސްވެރިއަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ޔާމީންގެ މެނިފެސްޓޯގައި ކުލަޖެހޭނެ ކަމަށް ވިދާޅުވި ނަމަވެސް، 'ބެޔަސް ނުބެޔަސް' މަސްވެރިންނަށް ދޭންބުނި 10،000 ގެ ވައުދު ވީ ބިލާހަކަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!