މަސްވެރިކަމާއި ގުޅޭ

ކާށިދޫ ބޭރުގައި ކަނޑައިގެން ގޮސްފައިވާ ކަނދުފަތި ގާއިމު ކުރުމުގެ ތެރެއިން -- ފޮޓޯ/ ފިޝަރީޒް މިނސިްޓަރީ
ކާށިދޫ ބޭރުގައި ކަނޑައިގެން ގޮސްފައިވާ ކަނދުފަތި ގާއިމު ކުރުމުގެ ތެރެއިން -- ފޮޓޯ/ ފިޝަރީޒް މިނސިްޓަރީ

ކަނޑައިގެން ގޮސް، އަލުން ގާއިމު ނުކުރެވި ވަނީ މިހާރު އެންމެ 3 މަސްކަނދުފަތި

އެކި ހިސާބުތަކުގައި ކަނޑައިގެން ގޮސްފައިވާ ކަނދުފަތީގެ ތެރެއިން، އަލުން ގާއިމު ނުކުރެވި ވަނީ މިހާރު އެންމެ ތިން މަސްކަނދުފަތި ކަމަށް، ފިޝަރީޒް މިނިސްޓްރީގެ 'އޮއިވާލި މަސްކަނދުފަތިތަކުގެ ޕޮޒިޝަން ލިސްޓް' އިން ދައްކައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު އާއްމުކުރި މި ލިސްޓުގައި ވާގޮތުން، ރާއްޖޭގެ އެކި ހިސާބުތަކުގައި 59 މަސް ކަނދުފަތި ގާއިމު ކޮށްފައި ވެއެވެ. އޭގެ ތެރެއިން، ކަނޑައިގެން ގޮސް، އަލުން ގާއިމު ނުކުރެވި މިހާރު ވަނީ ހއ. އިހަވަންދޫއާއި ހއ. ދިއްދޫ އަދި ށ. ކޮމަންޑޫ ކަނދުފައްޗެވެ.

ދެހާސް ފަނަރަ ވަނަ އަހަރު އެޅި އިހަވަންދޫ ކަނދުފައްޗަކީ، ތުރާކުނުގެ ހުޅަނގު އުތުރުން 16.5 މޭލު ބޭރުގައި އަޅާފައިވާ ކަނދުފައްޗެކެވެ. އަދި ދިއްދޫ ކަނދުފަތި އަޅާފައި ވަނީ 2019 ވަނަ އަހަރު، ކެލާ އުތުރުން 17 މޭލު ބޭރުގައެވެ. ކޮމަންޑޫގެ ހުޅަނގު އުތުރުން 14 މޭލު ބޭރުގައި އަޅާފައިވާ ކޮމަންޑޫ ކަނދުފައްޗަކީ މި އަަހަރު ކުރީކޮޅު ހަރުކުރި ކަނދުފައްޗެކެވެ.

މީގެ އިތުރުން، ރާއްޖޭގައި އޮއިވާލި ވަދުކަނދުފަތީގެ ގޮތުގައި ތިން ކަނދުފައްޗެއް، މިދިޔަ އަހަރާއި މި އަހަރު ހަރުކޮށްފައިވެއެވެ. ނަމަވެސް އޭގެ ތެރެއިން ދެ ކަނދުފަތި ވަނީ މިހާރު ކަނޑައިގެން ގޮސްފައެވެ. އެއީ މިދިޔަ އަހަރު އަޅާފައިވާ، މޮޅަދޫ ކަނދުފައްޗާއި، މިއަހަރު މެދުތެރެއިން އެޅި، ކެންދޫ ކަނދުފައްޗެވެ.

ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް ގާއިމު ކުރުމަކީ މިނިސްޓްރީން ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ. އެގޮތުން، ކަނޑައިގެން ގޮަސްފައިވާ 10 ކަނދުފަތި އެޅުމުގެ މަސައްކަތް، މިިދިޔަ މަހު ފަށާނެ ކަމަށް، އޯގަސްޓް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވިއެވެ.

https://masverin.mv/14643/

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ކަނދުފަތި އެޅުމުގެ ތައްޔާރީތައް ވުމުގެ ގޮތުން އެންކަރ ބްލޮކްތަކެއް ހަދައި އެކަމަށް ބޭނުންވާ ސާމާނު ގެނެސް، ޑިޒައިންކޮށް، އެންކަރތައް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!