މަސްވެރިކަމާއި ގުޅޭ

viber_image_2022-10-21_17-48-20-286

ދޯނީގައި ހުރި ހުރިހާ އެއްޗަކާއެކު، 15 ލައްކަ ރުފިޔާއަށް މަސްދޯންޏެއް ވިއްކާލަނީ

ދޯނީގައި ހުރި ހުރިހާ އެއްޗަކާއެކު، 15 ލައްކަ ރުފިޔާއަށް މަސްދޯންޏެއް ވިއްކާލަން ދޯނީގެ ވެރިފަރާތުން ނިންމައިފިއެވެ.

މ. މުއްޔަށް ނިސްބަތްވާ "މިންވަރު" ދޯނީގެ ވެރިފަރާތް ކަމުގައިވާ އަހުމަދު ރަޝީދު މި ނޫހަށް ބުނީ، ދޯނި ވިއްކާލަނީ، ދުއްވާނެ މީހެއް ނެތީގެން ކަމަށެވެ.

"ވިއްކާލަން މި ޖެހެނީ، ދޯނި ދުއްވާނެ މީހުން ނެތީމަ. އަޅުގަނޑަކީ ވަޒީފާގަ އުޅޭ މީހެއް. ދެން ވާނެ ގޮތަކީ، އަޅުގަނޑަކަށް މަހަކަށް ނުދެވޭނެ. ދެވޭނީ ހަމައެކަނި ޗުއްޓީއެއް ލިބޭ ދުވަހެއްގަ. އެއީ ދޯނި ވިއްކާލަން ޖެހޭ ކަމަކީ،" ރަޝީދު ބުންޏެވެ.

ދިގުމިނުގައި 42 ފޫޓު ހުންނަ މި ދޯނީގެ ފުޅާމިނަކީ 14 ފޫޓެވެ.

ރަޝީދު ބުނި ގޮތުގައި، ދޯނި ބަނީ ގާތްގަނޑަަކަށް މީގެ ހަތަރު ވަރަކަށް އަހަރު ކުރިންނެވެ. އެއީ ބައެއްގެ އެދުމުގެ މަތިން، އެމީހުން މަހަށް ދާށެވެ. ނަމަވެސް ދޯނީގައި އެމީހުން މަހަށް ދިޔައީ އަހަރެއްހާ ދުވަހު ކަމަށާއި، އޭގެ ފަހުން ދޯނި މަހަށް ނުދާކަމަށް ރަޝީދު ބުންޏެވެ.

މީގެ އިތުރުން ރަޝީދު ބުނީ، ދޯނި މަހަށް ނުދާން ފެށީ ކެޔޮޅު މަހަށް ދިއުން ހުއްޓާލުމުން ކަމަށެވެ. އެހެންކަމުން ދޯނީގެ ދުއްވޭނެ ގޮތެއް ނެތީ ކަމަށެވެ.

އިތުރު މައުލޫމާތު: 7536589

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!