މަސްވެރިކަމާއި ގުޅޭ

އެމްއެންޑީއެފްގެ އުޅަނދެއް -- ފޮޓޯ/ އެމްއެންޑީއެފް
އެމްއެންޑީއެފްގެ އުޅަނދެއް -- ފޮޓޯ/ އެމްއެންޑީއެފް

ޑިންގީއެއްގައި މަހަށް ނުކުމެ އުޅުނު މީހަކު ގެއްލިގެން އެމްއެންޑީއެފްއިން ހަރަކާތްތެރި ވަނީ

ޑިންގީއެއްގައި މަހަށް ނުކުމެ އުޅުނު މީހަކު ގެއްލިގެން އެމްއެންޑީއެފްއިން ހަރަކާތްތެރި ވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ، ގެއްލިގެން ހޯދަނީ، ސ. ހިތަދޫ އިން ފުރައިގެން، މަސް ހިފަން ދިޔަ ޑިންގީއަކުން ފޭބި ދެމީހުންގެ ތެރެއިން އެކަކު ކަމަށެވެ.

އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ، ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިންނެވެ.

"މި ހާދިސާގެ ހަބަރު އެމްއެންޑީއެފްއަށް ލިބިފައި ވަނީ މިއަދުގެ 11:32 ހާއިރު" އެމްއެންޑީއެފްއިން ބުންޏެވެ.

އެމްއެންޑީއެފްއިން ބުނީ، މި ހާދިސާގައި ގެއްލުނު މީހާގެ އިތުރު މައުލޫމާތު މިހާތަނަށް ލިބިފައި ނުވާކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!