މަސްވެރިކަމާއި ގުޅޭ

ގދ. ފަރެސްމާތޮޑާގައި ދުއްވާ "ބާޚިރާ"

ރެކޯޑު އަދަދެއްގެ މަހާއެކު 'ބާޚިރާ' ދޯނިން ކޫއްޑޫއަށް މިސްރާބު ޖަހައިފި

ރެކޯޑު އަދަދެއްގެ މަހާއެކު، ގދ. ފަރެސްމާތޮޑާ 'ބާޚިރާ' ދޯނިން ކޫއްޑޫއަށް މިސްރާބު ޖަހައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ގާތްގަނޑަކަށް ދޯނީގައި 57 ޓަނުހާ މަސް އެބަހުއްޓެވެ. ދޯނިން ބޭނި މަހުގެ ސީދާ އަދަދު ޔަގީންވާނީ، މަސް ކިރާ ނިމުމުން ކަމަށް ދޯނީގެ ކެޔޮޅު މައުލޫމާތު ދެއެވެ. ފަހަރުގައި މިއީ ރާއްޖޭގައި، އެއް ދުވަހުން އެންމެ ގިނަ މަސް ބޭނި ރެކޯޑަށްވެސް ވެދާނެއެވެ. ކެޔޮޅު މައުލޫމާތު ދޭ ގޮތުގައި، މިއީ މިހާތަނަށް ބާޚިރާއަށް އެންމެ ގިނަ މަސް ބޭނުނު ދުވަހެވެ.

ދިވެހި ރާއްޖޭގައި، ދޮށީގެ މަސްވެރިކަމުގައި އެއްދުވަހުން އެންމެ ގިނަ މަސް ބޭނި ރެކޯޑު މިހާރު އޮތީ، ގދ. މަޑަވެލީ "ޓީއެސް ލައިން" ދޯނީގައެވެ.

ރާއްޖޭގައި އެއްދުވަހުން އެންމެ ގިނަ މަސް ބޭނި ރެކޯޑު ޓީއެސް ލައިން އިން ގާއިމު ކޮށް، އެއް ދުވަހުން 9 ލައްކަ ރުފިޔާ

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ދޯނިން ރެކޯޑު ގާއިމު ކުރީ، 57 ޓަނު މަސް ކޫއްޑުއަށް ކިރުވާފައެވެ. މި މަހުގެ ޖުމްލަ އަގު ނުވަ ލައްކަ ރުފިޔާއަށް އަރައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!