މަސްވެރިކަމާއި ގުޅޭ

މުލީ، ފޮޓޯ މުލީ ކައުންސިލް އިދާރާ
މުލީ، ފޮޓޯ މުލީ ކައުންސިލް އިދާރާ

މުލީ ބަނދަރު ސަރަހައްދުން އައިސްވިއްކުމުގެ ވިޔަފާރިއަށް ބިން ކުއްޔަށް ދޫކުރަނީ

މ. މުލީ ބަނދަރު ސަރަހައްދުން އައިސްވިއްކުމުގެ ވިޔަފާރިކުރުމަށް ބިން ކުއްޔަށް ދޫކުރަން ނިންމައިފިއެވެ.

މުލީ ކައުންސިލް އިދާރާއިން ބުނީ، އެރަށު ބަނދަރުގެ އުތުރުކޮޅުން އައިސް ވިއްކުމުގެ ވިޔަފާރިކުރުމަށް 30 އަހަރު ދުވަހުގެ މުއްދަތަށް 4000 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 16ވަނަ ދުވަހުގެ 14:00ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުކުރުމަށްފަހު info@muli.gov.mv އަށް އީމެއިލް ކުރުމަށް، ނުވަތަ ރަޖިސްޓްރޭޝަން ފޯމު ފުރައި އެއިދާރާއަށް ހުށަހެޅުމަށް ކައުންސިލުން އެދެއެވެ. ރަޖިސްޓަރީ ކުރާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ލިބޭނެއެވެ.

މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21ވަނަ ދުވަހު ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މިމަހުގެ 27ވަނަ ދުވަހުއެވެ.

ޕޮއިންޓް ދިނުމަށް ހަމަޖަހިފައިވާ ގޮތަކީ މަސައްކަތުގެ އަގަށް %80 ، މާލީ ގާބިލްކަން %10 އަދި މަސައްކަތުގެ ތަޖުރިބާއަށް %10 އެވެ. 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!