މަސްވެރިކަމާއި ގުޅޭ

kanneli masverin

ދެކުނުން މަސްކިރާ މިންވަރުު ދަށްވެއްޖެ

ދެކުނުގެ މަސްވެރިކަން ދަށްވުމާ ގުޅިގެން ދެކުނަށް މަސްކިރާ މިންވަރުވެސް ދަށްވެއްޖެއެވެ.

މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު އިސްމާއީލް ފައުޒީ އޮންލައިން ނޫހަކަށް ވިދާޅުވެފައި ވަނީ، މި ދުވަސްވަރަކީ ކޮންމެ އަހަރަކުވެސް މަސްވެރިކަން ދަށްވާ މޫސުމެއް ކަމަށާއި، އޭގެ ސަބަބަކީ މިދުވަސްވަރު ރާއްޖޭގެ މޫސުން ގޯސްވުން ކަމަށެވެ.

"ވޭތުވެދިޔަ ދެތިން އަހަރު ވެސް ހަމަ މި ތަޖުރިބާ އަޅުގަނޑުމެން ކުރިން. މޫސުން ގޯސްވެ، ހާއްސަ ގޮތެއްގައި ދެކުނުގެ މަސްވެރިކަން މިވަނީ ވަރަށް ދަށްވެފައި،" ފައުޒީ ވިދާޅުވިއެވެ.

މަސްވެރިންވެސް ބުނަމުން ދަނީ، މީގެ ކުރީ ދުވަސް ތަކުގައި މަސްވެރިކަން ރަނގަޅު ނަމަވެސް، މި ދުވަސްވަރު މަސްވެރިކަން ދަށްވެފައިވާކަމަށެވެ. އަދި މަސްވެރިކަން ދަށްވުމާ ގުޅިގެން ބައެއް ރަށްރަށުގެ ދޯނިފަހަރު މަހަށް ނުފުރާ ކަމަށް މަސްވެރިން ފާހަގަ ކުރިއެވެ.

މިދިޔަ ހަފުތާގައި ދުވާލެއްގެ މައްޗަށް 250 ޓަނު މަސް ކޫއްޑޫއަށް ކިރުވާފައިވީ ނަމަވެސް އެ އަދަދު ދަށްވެ، އިއްޔެ ކޫއްޑޫއަށް 79 ޓަނު ކިރުވިއިރު، އޭގެ ކުރީދުވަހު ކިރުވާފައިވަނީ 32 ޓަނު މަހެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!