މަސްވެރިކަމާއި ގުޅޭ

ރިސޯޓެއްގެ ފަޅުން މަސްވެރިކަން ކޮށްފިނަމަ 5000 ރުފިޔާއިން ޖޫރިމަނާ ކުރާނެ

ޓޫރިސްޓު ރިސޯޓެއްގެ ކައިރިން މަސްވެރިކަން މަސްވެރިކަން ކޮށްފިނަމަ5000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާއްމު ގަވާއިދުގައި ބުނެއެވެ.

އެ ގަވާއިދުގައި ވާގޮތުން، ޓޫރިސްޓު ރިސޯޓެއްގެ ފަޅުގެ ސަރަހައްދުގެ ތެރެއިން މަސްވެރިކަން ކޮށްފިނަމަ، ކުށް ކުރީ ވަކި ފަރުދަކު ނަމަ އެމީހެއް5000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ.

އެކަން ކުރީ އުޅަނދަކުން ނަމަ، ޖޫރިމަނާ ކުރާނީ އެ އުޅަނދެއްގެ ވެރިފަރާތުންނެވެ.

މި ގަވާއިދާ ހިލާފަށް، މީހުން ދިރިއުޅޭ ރަށްރަށުގެ ފަޅުގެ ސަރަހައްދުގައި ދާ އަޅައިގެން މަސްވެރިކަން ކުރުމަކީވެސް ޖޫރިމަނާ ކުރެވޭނެ ކަމެކެވެ. އެގޮތުން ކުށް ކުރި ފަރާތް ނުވަތަ ފަރާތްތައް2000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.

އޭގެ އިތުރުން މި ގަވާއިދާ ހިލާފަށް ރަށްރަށުގެ ފަޅުގެ ސަރަހައްދުން ބޭރުގައި ދާ އަޅައިގެން މަސްވެރިކަން ކުރާނަމަ3500 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. ކުށް ކުރީ ވަކި ފަރުދެއް ނަމަ، ޖޫރިމަނާ ކުރާނީ އެމީހެކެވެ. އަދި ކުށް ކުރީ އުޅަނދަކުން ގޮސް ނަމަ، ޖޫރިމަނާ ކުރާނީ އެ އުޅަނދެއްގެ ވެރިފަރާތުންނެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!