މަސްވެރިކަމާއި ގުޅޭ

ފިތްޖެހިފާނަ -- ފޮޓޯ/ ސީއަންސީން
ފިތްޖެހިފާނަ -- ފޮޓޯ/ ސީއަންސީން

ފާނަ: ޝިކާރަ ކުރަން މާބޮޑަށް ހެލިފެލިވެ ނޫޅޭ މަހެއް

ފާނައަކީ މުރަކަ ފަރުތަކުގެ މާހައުލުގެ ފުޑް ޕިރަމިޑްގެ އެންމެ މަތީގައިވާ ބާވަތެވެ. ނަމަވެސް، ފާނައަކީ ޝިކާރަ ކުރުމަށް މާބޮޑަށް ހެލިފެލިވާ މަހެއް ނޫނެވެ. އޭގެ ބަދަލުގައި ފާނައަކީ ޝިކާރައިގެ އިންތިޒާރުގައި މަޑުކުރާ މަހެކެވެ.

އެހެން އޮތުމަށްފަހު، ޝިކާރަ ކުރިމައްޗަށް އެރުމުން ކުއްލިއަކަށް އަނގަ އޫކޮށް، އަނގަ ފުޅާކޮށް ޝިކާރައާއެކު ލޮނުގަނޑު އަނގައިގެ ތެރެއަށް ދަމައިގަނެއެވެ. އަދި ކަރުތެރެއަށް ވާގޮތަށް ސަފުސަފަށް ހުންނަ ކުދި ދަތްތަކުން ކާނާ ޗަސްކޮށް ކުދި ކުރެއެވެ.

ބޮޑެތިި ފާނަ އާއްމުކޮށް ކައިއުޅެނީ އެހެނިހެން މަސް އަދި އަދި ބޯވަ އާއި ކަކުނީގެ ބާވަތްތައް ފަދަ މައިކަށި ނުހުންނަ ދިރުންތަކެވެ. ޅަ ފާނަ ކައިއުޅެނީ ކުދި ކަކުންޏާއި ޑިނގާފަދަ ތަކެއްޗެވެ.

ފާނައަށް ޝިކާރަކުރާ ބާވަތްތަކުގެ ތެރޭގައި މިޔަރާއި ފަރުތޮޅި އަދި ވެން ހިމެނެއެވެ.

މީގެ އިތުރުން، ފާނަ ބިސްދޫކުރަން ޖަމާވާ ސަރަހައްދުތަކުގައި އެންމަޑި ފަދަ ބޮޑެތި މަހުގެ ބާވަތްތައް ފާނައިގެ ބިސް ކެއުމަށް ޖަމާވެއެވެ.

ފާނައަކީ މާހައުލީ ނިޒާމުގެ ސިއްހަތަށާއި، ދިމާވާ ކަންކަމުން މާހައުލީ ނިޒާމު ވިލުމަށް މުހިންމު ދައުރެއް އަދާކުރާ މަހެކެވެ. ފާނަ ބިސް ދޫކުރުމަށް ޖަވާމާ ޖަމާވުންތައް ވަކި ސަރަހައްދަކުން މަދުވެ، ފާނަ ޖަމާވުން ހުއްޓިއްޖެނަމަ، އެ ސަރަހައްދެއްގައި އުޅޭ ފާނަ އާއި ފުޑް ޕިރަމިޑްގެ ޒަރިއްޔާއިން ގުޅިފައިވާ އެހެނިހެން ދިރުންތަކަށާއި މުޅި މާހައުލީ ނިޒާމަށްވެސް އެކަމުގެ ނޭދެވޭ އަސަރު ފޯރުން އެކަށީގެންވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.