މަސްވެރިކަމާއި ގުޅޭ

މާލޭ  ވިޔަފާރި ބަނދަރު ތެރެ-- ފޮޓޯ: އެމްޕީއެލް
މާލޭ ވިޔަފާރި ބަނދަރު ތެރެ-- ފޮޓޯ: އެމްޕީއެލް

ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކާއެކު މި އަހަރަށް ވުރެ އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ: ވޯލްޑް ބޭންކް

ސަރުކާރުން ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކާއެކު މި އަހަރަށް ވުރެ އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން އަންދާޒާކޮށްފިއެވެ.

ރާއްޖޭގެ އިގްތިސޯދު ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި އައިސްފައިވާ ބަދަލުގެ މައްޗަށް ބަލައި ވޯލްޑް ބޭންކުން ނެރުނު މޯލްޑިވްސް ޑިވްލޮޕްމަންޓް އަޕްޑޭޓް (އެމްޑީޔޫ) ގައި ބުނެފައިވާ ގޮތުގައި މި އަހަރު ރާއްޖޭގެ އިގުތިސޯދު ކުރިއަރާނީ 4.7 ޕަސެންޓުގައެވެ. އެ ބޭންކުން ކުރިން ލަފާކޮށްފައިވަނީ 5.2 ޕަސަންޓުގައި އިގުތިސޯދު ކުރިއަރާނެ ކަމަށެވެ. ނަމަވެސް އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދު 5.0 ޕަސަންޓުން ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެއީ 0.3 ޕަސަންޓުގެ ކުރިއެރުމެކެވެ.

ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން އަންދާޒާކުރީ ސަރުކާރުން ހަރަދު ކުޑަކުރަން އަޅަން ވައުދުވެފައިވާ ފިޔަވަޅުތައް އަޅާނެ ކަމަށް ބަލައިގެންނެވެ.

މި ސަރުކާރުން އާސަންދަ ނިޒާމުން އިސްރާފު ކުޑަކުރުމާއި ސަބްސިޑީ ސިސްޓަމް ނިޒާމް ހަމަމަގަށް އެޅުވުމުގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުގެ އިޝްރާފު ކުޑަކޮށް ކުންފުނިތަަކުގެ ހިންގުން ހަރުދަނާ ކުރާނެ ކަމަށް ވައުދުވެފައެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައިވާ ގޮތުގައި ފިސްކަލް ރިފޯމްތަކަށް ރާއްޖެއިން އަމަލު ނުކޮށްފިނަމަ ދަރަނީގެ ނުރައްކާ އެބައޮތެވެ. އެގޮތުން މި އަހަރު ދައުލަތުގެ ދަރަނި އުޅޭނެ ކަމަށް ލަފާކޮށްފައިވަނީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 123 ޕަސަންޓުގައެވެ. ނަމަވެސް އަންނަ އަހަރު އެ އަދަދު އުޅޭނެ ކަމަށް ލަފާކޮށްފައިވަނީ 199.7 ޕަސަންޓުގައެވެ.

ވޯލްޑް ބޭންކުން ބުނި ގޮތުގައި މި އަހަރު ރާއްޖޭގެ އިންފްލޭޝަން ހުންނާނީ 2.9 ޕަސަންޓުގައެވެ. ނަމަވެސް އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓް 7.5 ޕަސަންޓަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ވޯލްޑް ބޭންކުން ބުނި ގޮތުގައި ރާއްޖޭގެ އިގުތިސޯދު ކުރިއަރާނެ މިންވަރު ދަށްކުރި މައިގަނޑު ސަބަބަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީ ދަށަށް ދިއުމާއި ހަރަދުތައް ގިނަވުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.