މަސްވެރިކަމާއި ގުޅޭ

moosun

ސަމާލުވޭ! މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި!

މޫސުން ގޯސްވެ، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައި ވަނީ މިރެއާ ހަމައަށެވެ. އެގޮތުން މިރޭ 11:00ގެ ނިޔަލަށް މުޅި ރާއްޖެއަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި،ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަ ވާނެ ކަމަށް މެޓުން ލަފާކުރެއެވެ.

މަސްވެރިންނާއި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސް ކުރެއެވެ. މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ހިތާމަވެރި ހާދިސާތައްވެސް ހިނގައިދާނެކަމަށް ރައްކާތެރިވެ ތިބެން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.