މަސްވެރިކަމާއި ގުޅޭ

GM1zDwzWUAAjKRC

ފަންނުވެރިންގެ ހިޔާލުތައް ކްރިއޭޓިވް އިކޮނޮމިކް ކައުންސިލާ ހިއްސާކޮށްފި

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން އީޖާދީ އަދި ފަންނުވެރި މަސައްކަތްތައް ކުރާ ފަރާތްތަކާއެކު ބާއްވަމުންދާ ސިލްސިލާ ބައްދަލުވުންތަކުން ލިބިފައިވާ ދާއިރާގެ ޚިޔާލާއި މަޝްވަރާތައް ޤައުމީ ކްރިއޭޓިވް އިކޮނޮމިކް ކައުންސިލަށް ހިއްސާކޮށްފިއެވެ.

މި ބައްދަލުވުމުގައި ބީސީސީން ވަނީ އީޖާދީ އަދި ފަންނުވެރި މަސައްކަތްތައް ކުރާ އެކި ދާއިރާތަކުން ލިބިފައިވާ މަޢުލޫމާތުތަކާ އެއްގޮތަށް، އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި ބެހޭގޮތުންވެސް ކޮމިޓީގެ މެމްބަރުންނާ މަޝްވަރާ ކޮށްފައެވެ. ބީސީސީން ދެކޭ ގޮތުގައި މި މަޢުލޫމާތުތަކާއި މަޝްވަރާތަކުގެ ތެރެއިން، މިފަދަ ދާއިރާތަކުން މަސައްކަތް ކުރައްވާ ފަރާތްތަކަށް ވިޔަފާރީގެ އިތުރު ފުރުސަތުތަކެއް ފަހިވެ، ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރުމަށް މަގުފަހި ވެގެން ދާނެއެވެ.

މީގެ އިތުރުންވެސް އީޖާދީ އަދި ފަންނުވެރި މަސައްކަތްތައް ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ޤާއިމު ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ފަންޑާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. މިއީ މިފަދަ ދާއިރާތަކުން ވިޔަފާރި އުސޫލުން މަސައްކަތް ކުރާ ފަރާތްތަކަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދޭނެ މަސައްކަތަކަށް ވެގެންދާނެކަމަށް ބީސީސީން ވަނީ ބުނެފައެވެ.

ރާއްޖޭގައި އުފެއްދުންތެރިކަމާއި އީޖާދީ ވިސްނުން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމުގެ ގޮތުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ އިސްނެންގެވުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ބީސީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ މި ސަރުކާރުގެ ތަޞައްވުރާ އެއްގޮތަށް، އިޤްތިޞާދީ ވުޒާރާގެ ލަފަޔާއެކު ދިވެހި އުފެއްދުންތެރިކަމުގެ އެންމެހާ ސިނާޢަތްތަކެއްވެސް ހިމެނޭ ގޮތަށް ވިޔަފާރިއަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުންކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.