މަސްވެރިކަމާއި ގުޅޭ

Screenshot 2024-05-09 at 18.25.29

ރައީސްގެ ވައުދު ރަނުން ރަނަށް، ހުރިހާ އިންޑިއާ ސިފައިން ފޮނުވާލައިފި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗް ރާއްޖެއިން ފުރުވާލައިފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗް ފުރިކަން ރައީސް އޮފީހުން ވަނީ "މަސްވެރިން.އެމްވީ" އަށް ކަށަވަރުކޮށްދީފައެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފަހު މެޗު މިހާރު އަނބުރާ ގައުމަށް އައިސްފައިވާ ކަމަށެވެ.

އިންޑިއާގެ ސިފައިންގެ ފުރަތަމަ ބެޗް ރާއްޖެ އިން ފޭބީ މިދިޔަ މާޗު މަހުގެ ކުރީކޮޅު އެވެ. ދެވަނަ ބެޗު ފޭބީ މިދިޔަ މަހުގެ ކުރީކޮޅުއެވެ.

ރައީސް އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ތިބީ އިންޑިއާގެ 88 ސިފައިންނެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން އިއްޔެގެ ނިޔަކަށް ފޮނުވާ ލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.