މަސްވެރިކަމާއި ގުޅޭ

283417764_1692214954465031_6193136931890256348_n

ވިލިމާލޭގައި ދިހަ ބުރިއަށް އިމާރާތްކުރެވޭ ގޮތް ހަދައިފި

ވިލިމާލޭގައި ދިހަ ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ލިބޭ ގޮތަށް މާލޭ ޕްލޭނިން ގަވާއިދު އިސްލާހުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ގެޒެޓްކުރި މާލޭ ޕްލޭނިން ގަވާއިދުގެ ހަތް ވަނަ އިސްލާހުގައި މި ހުއްދަ ދޭން ނިންމާފައިވާ ގޮތުގެ މިންގަނޑުތައް ވަނީ ކަނޑައަޅައިފަ އެވެ.

އެ އިސްލާހުގައިވާ ގޮތުން ވިލިމާލޭގައި ވިލިމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 30.48 މީޓަރު ނުވަތަ 100 ފޫޓު ކަމަށެވެ. އެއީ ދިހަ ބުރީގެ އިމާރާތެއްގެ އެވްރެޖު އުސްމިނެވެ.

މާލޭގެ އަވަށެއްގެ ގޮތުގައި ބަލާ ވިލިމާލޭގައި ކުރިން އެންމެ އުސްކޮށް އިމާރާތް ކުރެވެނީ ހަ ބުރި އަށެވެ.

ވިލިމާލޭގައި ދިހަ ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.