މަސްވެރިކަމާއި ގުޅޭ

މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ލައިސަންސް ދިނުމުގެ ޝަރުތުތައް

މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ލައިސަންސް ދިނުމާ ގުޅޭ ގަވާއިދުގައި، ލައިސަންސް ދެވޭ ޝަރުތުތަކެއް ކަނޑައަޅާފައި ވެއެވެ.

އެގޮތުން، މި ގަވާއިދުގެ ހަތަރުވަނަ މާއްދާގައި ބަޔާންކޮށްފައިވާ، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ލައިސަންސް ދެވޭނީ، މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ހަރަކާތްތަކަށާއި އެކުއަކަލްޗަރ ކުރުމަށް ލައިސަންސް ދިނުމާއި ހުއްދަ ދިނުމުގެ އިޖުރާއަތްތަކާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުތުތަކުގެ އިތުރުން، އަންނަނިވި ޝަރުތުތައް ފުރިހަމަވާ އުޅަނދުފަހަރަށެވެ.

  • ދިވެހި ފަރުދެއް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ގާނޫނީ ޝަހްސެއްގެ ނަމުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެއް ކަމުގައިވުން
  • މިނިސްޓްރީން ލައިސަންސް ދީގެން ހިންގާ ޕްރޮސެސިންގް ފެސިލިޓީއެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ އަދި އެ ފަރާތުން އޮޕަރޭޓްކުރާ އުޅަނދެއް ކަމުގައިވުން
  • މިނިސްޓްރީން ކަނޑައަޅާފައިވާ ވެސަލް ލޮކޭޓިންގް ޑިވައިސްއަކާއި އިލެކްޓްރޯނިކް އޮބްޒާވަރ ސިސްޓަމެއް ހަރުކޮށްފައިވުން

އޭގެ އިތުރުން، މި ގަވާއިދުގެ ހަތަރުވަނަ މާއްދާގެ ށ ގައި ބަޔާން ކޮށްފައިވާ އުޅަނދުފަހަރުން، މިނިސްޓްރީން ކަނޑައަޅާފައިވާ ވެސަލް ލޮކޭޓިންގް ޑިވައިސްއެއް ހަރުކޮށްފައިވާ އުޅަނދުފަހަރަށެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!