މަސްވެރިކަމާއި ގުޅޭ

މަކުނުދޫ އަބްދުލްވާހިދުގެ ދެވަނަ މަސްދޯނި "ވިންދު" -- ފޮޓޯ/ މަސްވެރި އިހަވަންދޫ ފޭސްބުކް

ހދ. މަކުނުދޫ "ވިންދު"

ހދ. މަކުނުދޫ "ވިންދު" ދޯންޏަކީ މިދިޔަ އަހަރު ބޮޑުކަންނެލި މަސްވެރި ކަމަށާއި ދޮށީގެ މަސްވެރިކަމަށް ހާއްސަކޮށްގެން ފަރުމާކޮށް ބަނދެ، މޫދަށް ބޭލި ދޯންޏެކެވެ.

އެ ދޯނީގެ ދިގުމިނުގައި 91 ފޫޓް އަދި ފުޅާމިނުގައި 27 ފޫޓު ހުރެއެވެ.

ޒަމާނީ މަސްވެރިކަމަށް ފައްކާކޮށްފައިވާ އެ ދޯނީގެ މާވަޑިއަކީ ހއ އިހަވަންދޫއަށް ނިސްބަތްވާ ސަބްދެލީގެ މުހައްމަދު އަބްދުالله (މާންބެ) އެވެ. އެ ދޯނީގައި ތިރީހާއި ސާޅިހާއި ދެމެދު ޓަނުގެ މަސް ފިނިކޮށް ރައްކައިކުރެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ.

ވިންދު ދޯނީގައި 20 ފަޅުވެރިންނަށް ދަތިކަމެއް ނެތި ނިދޭނެ ގޮތަށް އެކޮމޮޑޭޝަން ހަދާފައިވާއިރު، އެ ދޯނީގައި އަޅާފައިވާ 650 ހޯސްޕަވަރުގެ ޔަންމާ އިންޖީނާއެކު އެ ދޯނި ކަނޑުގެ ލޮނުގަނޑު ކަފަމުން ގަޑިއަކު 13 ނޯޓިކަލް މޭލު ދުވެއެވެ. ނަމަވެސް، ބަރުކޮށްގެން އެ ދޯނި ދުވަނީ 11 މޭލާއި 12 މޭލެވެ.

ވިންދު ދޯނި ބަންނަން 8 ނުވަތަ 9 މިލިއަން ހަރަދުކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް