މަސްވެރިކަމާއި ގުޅޭ

IMG_4563

ހއ. އިހަވަންދޫ "ފަހިރާސްތާ"

"ފަހިރާސްތާ" ދޯންޏަކީ، ހއ. އިހަވަންދޫ މަސް ދޯންޏެކެވެ.

މަސްވެރިކަމަށް ހާއްސަކޮށްގެން ފަރުމާކޮށް ބަނދެ އެ މޫދަށް ބޭލީ މިދިޔަ އަހަރުއެވެ. އެ ދޯނީގެ ދިގު މިނުގައި 83 ފޫޓު އަދި ފުޅާމިނުގައި 26 ފޫޓު ހުރެއެވެ.

މި ދޯންޏަކީ ޒަމާނީ މަސްވެރިކަމަށް ފަރުމާކޮށްފައިވާ ފައިބަރު ދޯންޏެކެވެ. އެގޮތުން މި ދޯނީގައި ތިރީހާއި ސާޅިހާއި ދެމެދު ޓަނުގެ މަސް ފިނިކޮށްގެން ރަށްކާކުރެވޭނެ ގޮތަށް މަސް ވަތްތައް ވަނީ ފޯމް ދުއްވާ ތައްޔާރުކޮށްފައެވެ.

މި ދޯނީގައި 18 ފަޅުވެރިންނަށް އެއްވެސް ދަތިކަމެއް ނެތި ނިދޭނެ ގޮތަށް އެކޮމޮޑޭޝަން ވަނީ ފުރިހަމަކޮށްފައެވެ.

ޔަންމާ 405 ހޯސްޕަވާރގެ އިންޖީނެއް އަޅައިފައިވާ މި ދޯނީގައި ކަރަންޓު އުފެއްދުމަށް ކަމިންސް ޖަނަރޭޓަރެއް ވަނީ ބަހައްޓައިފައެވެ. އަދި ޔަންމާ މީޑިއަމް ހެވީ ގިޔަރު އަޅައިފައިވާ މި ދޯނީގެ ދުވެއްޔަކީ ގަޑިއަކު 12.7 ނޯޓިކަލް މޭލެވެ.

ގުޅުންހުރި ލިޔުންތައް