މަސްވެރިކަމާއި ގުޅޭ

SONY DSC
SONY DSC

މަސްވެރިއަކު ބޭނި މަހެއް، ލައްކައަކަށްވުރެ ގިނަ ރުޕީސްއަށް ވިއްކާލައިފި

އިންޑިއާގެ މަސްވެރިއަކު ބޭނި މަހެއް 2158 ޑޮލަރަށް ވިއްކާލައިފިއެވެ. މިއީ އިންޑިއާގެ ފައިސާއިން ބަލާއިރު 1 ލައްކަ 80 ހާހެއްހާ ރުޕީސްއެވެ.

ޓެމިލް ނާޑޫއަށް ނިސްބަތްވާ މަސްވެރިއެއް ބާނާފައިވަނީ ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތުގެ މަހެކެވެ. 25 ކިލޯގެ މި މަހަކީ ބްލެކް ސްޕޮޓަޑު ކްރޯކާއެކެވެ.

ރަވީ ނަމަކަށް ކިޔާ މަސްވެރިއާ އެ މަސް ވިއްކާލުމަށް މާރުކޭޓަށް ދިޔުމުން ގިނަ ބައެއްގެ ސަމާލުކަން އެމަހަށް ލިބުނެވެ. އަދި ނީލަމުގައި އެމަސް ވިއްކާލުމަށްޓަކައި ނީލަން ފަށާފައިވަނީ 1000 ރުޕީސްއިންނެވެ. އެހެން ނަމަވެސް މި އަދަދުވަނީ 1 ލައްކަ 80 ހާހަށް އަރާފައެވެ.

މި ބާވަތުގެ މަހަކީ ޓެމިލް ނާޑޫގެ ކަނޑުގެ ސަރަހައްދުން އާއްމުކޮށް ފެންނަ ބާވަތުގެ މަހެއް ނޫނެވެ. އަދި މިއީ ބޭސް ފަރުވާއަށް ބޭނުންކުރާ މަހެކެވެ. އެގޮތުން ލޮލުގެ ފެނުމަށްވެސް އެހީތެރިވެދޭއިރު، މި މަހުގައި ހުންނަ ކޮލާޖަންގެ މާއްދާގެ ސަބަބުން ހަންގަނޑުގައި ރޫ ޖެހުން ކުޑަކޮށްދިނުމަށް އެހީތެރިވެދެއެވެ.

މިދިޔަ އަހަރުތެރޭ ގުޖުރާތުގައިވަނީ މި ބާވަތުގެ މަހަކީ އެ ސްޓޭޓުގެ ޤައުމީ މަސްކަމަށް ނިންމާފައެވެ. މިމަހަށް އެހިސާބު މީހުން ކިޔަނީ ގޯލް ފިޝްއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!