މަސްވެރިކަމާއި ގުޅޭ

ވިއްސާރަ ދުވަހެއްގެ ކަނޑުމަތި -- ފޮޓޯ/ ދަ ޕްރެސް
ވިއްސާރަ ދުވަހެއްގެ ކަނޑުމަތި -- ފޮޓޯ/ ދަ ޕްރެސް

ބޯކޮށް ވާރޭވެހި ވައި ގަދަވާނެ ކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު ސަމާލު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 7:00 އިން މެންދުރު 12:00 އަށެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ފާއިތުވީ 2 ދުވަހުވެސް ރާއްޖެއަށް މޫސުން ގޯސްއެވެ. އަދި މޫސުމަށް ސަލާމުވުމަށް އިލްތިމާސްކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ދަނީ ސަމާލުތައް ނެރެމުންނެވެ.

ވައި ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.

ކަނޑުތައް އުތުރުގައި އާދައިގެ ވަރަކަށް މަޑުވާނެ އަދި އެހެން ހިސާބުތަކުގައ އާދައިގެ ވަރަކަށް ގަދަވާނެއެވެ. އަދި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ބުނެއެވެ.

އުތުރުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 4 ފޫޓާއި ދެމެދުގައެވެ. އަދި ދެކުނާއި މެދު ރާއްޖެތެރޭގައި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާއި ދެމެދުގައި ކަމަށެވެސް މެޓުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!