މަސްވެރިކަމާއި ގުޅޭ

މަސް ދޯނިތަކެއްް
މަސް ދޯނިތަކެއްް

އުތުރުގެ މަސްދޯނިތަކަށް ޚާއްސަކޮށް މިފްކޯގެ މަސްކިރާ ބޯޓެއް

އުތުރުގެ މަސްދޯނިތަކަށް ޚާއްސަކޮށް މިއަދުން ފެށިގެން ހއ. އަތޮޅުގައި މިފްކޯގެ މަސްކިރާ ބޯޓެއް ބާއްވައި މަސް ގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މަސްވެރިކަން ރަނގަޅު ދުވަސްވަރުގައި އުތުރުގެ މަސްވެރިންނަށް މަސް ކިރުމުގައި ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ. އެގޮތުން ދުރު ހިސާބުތަކަށް ތެޔޮ އަންދައިގެން ދުއްވަން ޖެހުމަކީ އުތުރުގެ މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

މިކަމަށް ހައްލު ހޯދައިދިނުމަށް މިއަދުން ފެށިގެން ހއ. އަތޮޅުގައި މިފްކޯގެ މަސްކިރާ ބޯޓެއް ބާއްވައި މަސް ގަތުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން މިވަނީ ވިދާޅުވެފައެވެ.

&

;

ސަރުކާރުންވަނީ ހއ. އިހަވަންދޫގައި މަސް ފެކްޓަރީއެއް އެޅުމަށްވެސް ނިންމާފައެވެ. އަދި ދާދިފަހުނ އެރަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގައިވަނީ  އިހަވަންދޫގައި މަސްކިރާ ފެންޓްރީއެއް ޤާއިމުކުރުމުގެ ހުވަފެން ޙަޤީގަތަކަށް ހައްދަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!