ބަހްރެއިން އިން ކަނޑުމަހާއި ޑިނގާ އެކްސްޕޯޓުކުރުން މަނާކޮށްފިއެވެ. މިއީ އެޤައުމުގެ ފުޑް ސެކިއުރިޓީ އަދި ކަނޑުގެދިރުންތަކުގެ މުއްސަދިކަން އިތުރު ކުރުމަށް އެޅި ފިޔަވަޅެކެވެ.
އަދި މިއާ އެކު ވަނީ ބައެއް ބާވަތުގެ މަސްތައް ބޭނުން 2 މަސް ދުވަހަށް މަނާކޮށްފައެވެ.
ބަހްރެއިން އިން އެކްސްޕޯޓުކުރުމުގެ ހުއްދަ ދެން އޮންނާނީ ކަކުނި، ޖެލީ ފިޝްއެވެ. އަދި މަސް އާލާކޮށްގެން އެކްސްޕޯޓުކުރެވޭނެ ކަމަށްވެސް ބަހްރެއިން ސަރުކާރުން ހާމަކުރެއެވެ.
އަދި އެމްޕަރާ ފިޝް، ރެބިޓު ފިޝް، ސީބްރީމް ފިޝްގެ މަސްވެރިކަން ވަނީ 2 މަސް ދުވަހަށް މަނާކޮށްފައެވެ. އަދި ދާޖައިގެން މަސްވެރިކަން ކުރުމުގައިވެސް މި ބާވަތްތަކުގެ މަސް ހިފިއްޖެނަމަ، ރައްކާތެރިކަމާއި އެކު އަނބުރާ ކަނޑަށް އެމަސްތައް ދޫކޮށްލަން ޖެހޭނެ ކަމަށް ވަނީ އަންގާފައެވެ.
އެޤައުމުގެ ސަަރުކާރުންވަނީ މި އެނގުމަށް ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ދިނުމަށް އެދިފައެވެ. އަދި މިއީ އެޤައުމުގެ ކުރިމަގަށް މުހިއްމު ނިންމުމެއް ކަމަށްވެސް ސަރުކާރުްނ ހާމަކުރެއެވެ.