ތައިލޭންޑުގެ މަސްވެރިއަކަށް މާވަހަރެއް ފެނިއްޖެއެވެ.
ސޮންސަކް ނަމަކަށް ކިޔާ މަސްވެރިއާއަށް މާވަހަރު ފެނިފައިވަނީ މަސްވެރިކަމަށް ހުއާ ހިން ބީޗުގައި އުޅެނިކޮށެވެ. އޭނާއަށް ފެނިފައިވަނީ އަޅިކުލައިގައި އޮތް ބަރުދަނުގައި 500 ގްރާމު ހުރި މާވަހަރެކެވެ.
މިއީ އަސްލު މާވަހަރެއްކަން ކަށަވަރުކުރުމަށް އޭނާ ވަނީ ކަމާއި ގުޅޭ މާހިރުންގެ ފަރާތުން އެދިފައެވެ. އޭނާވަނީ އިންޓަރނެޓުން ބަލައިގެން މާވަހަރުގައި ހުންނަން ޖެހޭ ސިފަތައް އޭނާއަށް ފެނުނު އެތީގައި ހުރިކަން ޔަޤީންކޮށްފައެވެ.
އެގޮތުން ހޫނު ކުރުމުން ތެޔޮ ގަނޑަކަށް ބަދަލުވާކަމަށް ސޮންސަކު ބުނެފައިވެއެވެ.
މިއީ އަސްލުވެސް މާވަހަރަކަށްވެއްޖެނަމަ އޭނާ އަށް ބޮޑު އާމްދަނީއެއް ލިބޭނެއެވެ. ސޮންސަކްވަނީ އޭތި ގަންނަން ޝައުގުވެރިވާ މީހުންނަށްވެސް އޭނާ ގާތަށް އައުމަށް އެދިފައެވެ.
މާވަހަރަކީ ދުނިޔޭގެ ބާޒާރުގައި އަގުހުރި އެއްޗެކެވެ. އަދި މިއީ އާއްމުގޮތެއްގައި ސެންޓު އުފައްދަން ބޭނުންކުރާ އެއްޗެކެވެ.