މަސްވެރިކަމާއި ގުޅޭ

ވާރޭ ވެހޭ ދުވަހެއް، ފޮޓޯ- މަސްވެރި އިހަވަންދޫ
ވާރޭ ވެހޭ ދުވަހެއް، ފޮޓޯ- މަސްވެރި އިހަވަންދޫ

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށެވެ.

އެއީ 15:30 އިން 20:00 އަށެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ މި އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

 

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ  ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 4 ފުޓާއި ދެމެދުގައި ކަމަށް މެޓުން ބުނެއެވެ.

މިހާރު ގުނަމުން މިދަނީ ހުޅަނގު މޫސުމުގެ ދެވަނަ ނަކަތް ކަމުގައިވާ "ބުރުނު" ނަކަތުގެ ދުވަސްތަކެވެ. މިމަހުގެ 22ވަނަ ދުވަހުން އަންނަމަހުގެ 5ވަނަ ދުވަހަށް ކުރައަށްދާ ބުރުނު ނަކަތް ފެށޭއިރު ވިއްސާރަވެފައި ވައި ގަދަވާނެއެވެ. އެހެން ނަމަވެސް ނަކަތް ނިމޭއިރު މޫސުން ރަނގަޅުވާނެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!