މަސްވެރިކަމާއި ގުޅޭ

Moosun-scaled-ov1kh0hsn6m78g3qzsgeoessvq7tmiycb3dykdt4zs

މޫސުން ގޯސްވެ، ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވެ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ޔެލޯ އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށެވެ.

މެޓުން ބުނީ، އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް މިއަދު މެންދުރު 12:45އިން ހަވީރު 5:00 އަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މަސްވެރިނާނާއި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސް ކުރެއެވެ. މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ހިތާމަވެރި ހާދިސާތައްވެސް ހިނގާދާނެކަމަށް ރައްކާތެރިވެ ތިބެން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!