މަސްވެރިކަމާއި ގުޅޭ

Generated by pixel @ 2024-04-30T05:23:49.395573

މަހެއް ބާނައިގެން 19 އަހަރުގެ ކުއްޖަކަށް މިލިއަން ޑޮަލަރު

ކީގަން ޕޭން ރައްޓެހިންނާއި 11 އަހަރުގެ ކޮއްކޮ އާއި އެކު މަހަށް ދިޔައީ މަޖާކޮށްލުމަށެވެ. އެހެން ނަމަވެސް 19 އަހަރުގެ ކީގަން އަށް ބޭނުނު މަހާ އެކު އޭނާއަށްވަނީ 1 މިލިއަން ޑޮލަރު ލިބިފައެވެ.

އޮސްޓްރޭލިއާގައި ބާއްވާ މަސް ބޭނުމުގެ އެ މުބާރާތަކީ ޓެގު ޖެހުމަށްފަހު ދޫކޮށްލާފައިވާ ބަރަމުންޑީ ނަމަކަށް ކިޔާ މަސްތައް ހިފުމުން ލިބޭ ފައިސާގެ އިނާމެކެވެ.

އެ މަސް ބޭނުނު ވަގުތުވެސް އެއީ ހައްސަ މަހެއް ކަމެއް ނޭގެއެވެ. އެހެން ނަމަވެސް ކީގަންގެ ކޮއްކޮ ވަނީ މަހުގައި ޓެގެއް އިންކަން އެހެން މީހުންގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި ޓެގު ބަލާ ޗެކުކުރުމުން މިއީ ހާއްސަ މަހެއްކަން އެނގުނެވެ.

އަދި އަވަހަށް މަސް ހިފައިގެން އެއްގަމަށް އައުމަށް މިސްރާބު ޖެހިއެވެ. މިލިއަން ޑޮލަރުގެ ފިޝް ކެމްޕެއިން އަކީ ދުނިޔޭގައި ބާއްވާ އެންމެ އަގުބޮޑު މަސް ބޭނުމުގެ މުބާރާތެވެ. މި މުބާރާތަށްވަނީ ޓެގު ޖަހާފައިވާ 80 ބަރަމުންޑީ ދޫކޮށްފައެވެ.

މީގެން އެއް ބަރަމުންޑީ މިހާރު ހިފާފައިވާއިރު، ބާކީ 79 ބަރަމުންޑީގެ ފައިސާގެ އިނާމަކީ ކޮންމެ މަހަކަށް 10000 ޑޮލަރެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!