މަސްވެރިކަމާއި ގުޅޭ

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ---
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ---

މަސްދަޅު އުފެއްދުން އިތުރުކުރަން ޖެހޭ: ވަޒީރު

މަސްދަޅު އުފެއްދުން އިތުރު ކުރަން ޖެހޭ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ، އޮންލައިން ނޫސް 'އަދަދު' އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ރޯމަސް ރާއްޖެއިން ބޭރުކުރުން ހުއްޓާލަން ބޭނުންފުޅުވާކަމަށް ވިދާޅުވެ، އެކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މަސް ބޭރުކުރަން ބޭނުންފުޅުވަނީ ވެލިޔު އެޑް ކޮށްގެން ކަމަށެވެ.

އެގޮތުން ބަލާއިރު، ދަޅުގައި މަސް ބަންދު ކުރަނީ މިފްކޯއިން އެކަނި ކަމަށާއި، ނަމަވެސް މަސްދަޅު އުފެއްދުން އިތުރުކުރަން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ފެލިވަރުގައި މިވަގުތު ހުރި ދަޅުމަސް ބަންދުކުރާ ކާރުހާނާގެ އުމުރަކީ 38 އަހަރުކަ ކަމަށެވެ. އެހެންކަމުން އެތަނަށްވެސް ބަދަލުތަކެއް އަންނަން ޖެހޭކަމަށް ޝިޔާމް ފާހަގަ ކުރެއްވިއެވެ.

"އެތަނުގަ މިހާރު 50 ޓަނު މި ބަންދު ކުރެވެނީ. (އެވަރުން) އަޅުގަނޑުމެންނަށް ޑޮމެސްޓިކް މާކެޓަށްވެސް ހަގީގަތުގަ އޮތް ޑިމާންޑާ އެއްވަރަށް ކޭޓާ ކުރަން އުނދަގޫ" ވަޒީރު ވިދާޅުވިއެވެ.

އޭގެ އިތުރުން ވަޒީރު ވިދާޅުވީ، މިހާރު ޕައުޗްގައި ބަންދުކޮށްގެންވެސް މަސް ބޭރުކުރާ ކަމަށެވެ. އަދި ރިސޯޓްތަކުންވެސް އެކަމަށް އެދޭކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.