މަސްވެރިކަމާއި ގުޅޭ

ގދ. މަޑަވެލީގައި ގާއިމު ކޮށްފައިވާ އިސްލާމިކް ބޭންކްގެ އޭޓީއެމް -- ފޮޓޯ/ މަޑަވެލި ކައުންސިލް
ގދ. މަޑަވެލީގައި ގާއިމު ކޮށްފައިވާ އިސްލާމިކް ބޭންކްގެ އޭޓީއެމް -- ފޮޓޯ/ މަޑަވެލި ކައުންސިލް

މަސްވެރިންނަށް އުފާވެރި ހަބަރެއް، އެމްއައިބީއިން މުސާރަ ބަލްކްކޮށް މިހާރު ޓްރާންސްފަރ ކުރެވޭނެ

ފަވަރަ ހިދުމަތް މެދުވެރިކޮށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މުސާރަ ބަލްކްކޮށް ޓްރާންސްފަރ ކުރެވޭ ހިދުމަތް ފަށައިފިއެވެ.

ފަވަރައަށް މިގެނައި އަދާހަމަ އާއެކު، އެމްއައިބީގެ އިންޓަނެޓް ބޭންކިންގް ކަމުގައިވާ 'ފައިސާނެޓް' އިން ބަލްކް ޓްރާންސްފަރ ކުރެވޭނެއެވެ. އެހެންކަމުން ކޮންމެ ތާކު ހުރި ނަމަވެސް މުސާރަ ފަދަ ބަލްކް ޓްރާންސްފަރތައް މިހާރު ވަގުތުން ފޮނުވާލެވޭނެއެވެ.

ފަވަރައަކީ އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ފޮނުވާ ހިދުމަތެކެވެ. އަލަށް ތައާރަފް ކުރެވުނު ހިދުމަތާއެކު، އެހެން ބޭންކްތަކަށްވެސް ބަލްކް ޓްރާންސްފަރ ކުރުމުގެ ފުރުސަތު ހުޅުވިގެން މި ދިޔައީއެވެ.

ގިނަ އޮޑިފަހަރުގެ ކެޔޮޅުން މިހާރު ބޭނުން ކުރަނީ އިސްލާމިކް ބޭންކް އެކައުންޓެވެ. އެގޮތުން މީގެ ކުރިން 'މަސްވެރިން އޮންލައިން' އަށް މައުލޫމާތު ދެއްވަމުން މަސްވެރިކަމަށް މަޝަހޫރު މަޑަވެލީ ކަމަނަ ދޯނީގެ ކެޔޮޅު މުހައްމަދުޝަފީޤް  ބުނީ، އެރަށުގައި އިސްލާމިކް ބޭންކް އޭޓީއެމްއެއް ގާއިމު ވުމަކީވެސް ވަރަށް ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ. އަދި މަސްވެރިން ނުހަނު އެދިއެދި ތިބި ކަމެއް ކަމަށެވެ.

"އަހަރެމެން މިހާރު މުޅިންވެސް ބޭނުން ކުރަނީ އިސްލާމިކް ބޭންކް. އަހަރެމެންގެ އޮޑީގެ ވަރަށް ގިނަ ކުދިންގެވެސް އިސްލާމިކް ބޭންކް އެކައުންޓް ހުރޭ. އިސްލާމިކް ބޭންކްގެ އެކައުންޓްތަކަށް ފައިސާ (މުސާރަ) ފޮނުވަނީ" ޝަފީޤް ބުންޏެވެ.
ޖުމުލަ37 މީހުން މަސައްކަތް ކުރާ ކަމަނަ ދޯނީގެ20 ވަރަކަށް މަސްވެރިން އިސްލާމިކް ބޭންކް އެކައުންޓް ބޭނުން ކުރާކަމަށް ޝަފީޤް ބުންޏެވެ. އަދި ހުރިހާ ފަޅުވެރިންވެސް އިސްލާމިކް ބޭންކް އެކައުންޓެއް ހުޅުވުމަށް އެދިފައި ވާނެ ކަމަށް ޝަފީޤް ބުންޏެވެ. އިސްލާމިކް ބޭންކް އޭޓީއެއްމެއް ރަށުގައި ބެހެއްޓުމަކީ ރަށަށް ލިބުނު ކުރިއެރުމެއް ކަމަށް ޝަފީޤް ފާހަގަ ކުރެއެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.