މަސްވެރިކަމާއި ގުޅޭ

އިންޑިއާގެ ހޮސްޕިޓަލެއްގައި ބޯންމެރޯ އޮޕަރޭޝަނެއް ކުރަނީ---
އިންޑިއާގެ ހޮސްޕިޓަލެއްގައި ބޯންމެރޯ އޮޕަރޭޝަނެއް ކުރަނީ---

ސަރުކާރުގެ ހަރަދުގައި ދެ ޕޭޝަންޓުންގެ ބޯންމެރޯ ހަދައިފި، އިތުރު ދިހަ ޕޭޝަންޓުން މި އަހަރު ފޮނުވަނީ

ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ހަދަން ބޭރަށް ފޮނުވި ދެ ޕޭޝެންޓެއްގެ އޮޕަރޭޝަން ކާމިޔާބު ކަމަށާއި މި އަހަރު އިތުރު ދިހަ ޕޭޝެންޓުން ބޯންމެރޯ ހެދުމަށް ބޭރަށް ފޮނުވާނެ ކަމަށް ހެލްތް މިނިސްޓަރު ޑރ އަބްދުﷲ ހަލީލް މިރޭ ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ހަދަން ފުރަތަމަ ކުއްޖަކު ފުރާފައިވަނީ މިދިޔަ ޑިސެމްބަރުގަ އެވެ. އެ ޕޭޝަންޓަކީ އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖެކެވެ. އޭގެ ފަހުން ޖެނުއަރީ މަހު ދެ ކުއްޖަކު ފަރުވާއަށް އަށް ފުރިއެވެ. އޭގެ ފަހުންވެސް ދެ މީހަކު ފޮނުވާފައިވެއެވެ. އެ ޕޭޝެންޓުން ފޮނުވީ އިންޑިއާއަށެވެ.

ތެލެސީމިއާ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި މިނިސްޓަރު ހަލީލް ވިދާޅުވީ، ބޯންމެރޯ ހެދުމަށް ފޮނުވި މީހުންގެ ތެރެެއިން ދެ މީހެއްގެ ފަރުވާ ނިމި އިތުރު އޮބްޒަވޭޝަނަށް ދޫކޮށްލާފައިވާ ކަމަށާއި އެ މީހުންގެ ހާލު ރަނގަޅު ކަމަށެވެ.

''އެ ދެބޭފުޅުންގެ ސިއްހަތު ވަރަށް ރަނގަޅު މިހާރު ވާނީ ފަރުވާއަށް ފަހުގައި އިތުރު އޮބްޒަވޭޝަންއަށް ދޫކޮށްލާފައި،'' ހަލީލް ވިދާޅުވިުއެވެ.

މިނިސްޓަރު ހަލީލް އިތުރަށް ވިދާޅުވީ، އިތުރު ތިން ޕޭޝަންޓުންގެ ބޯންމެރޯ އޮޕަރޭޝަން ކުރަން ތައްޔާރުވަމުން އަންނަ ކަމަށާއި ސަރުކާރުގެ ހަރަދުގައި ބޯންމެރޯ އޮޕަރޭޝަން ކުރުމަށް، އިތުރު ދިހަ ޕޭޝަންޓުން މި އަހަރު ފޮނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published.