މަސްވެރިކަމާއި ގުޅޭ

ރައީސް މުއިއްޒު ކުޑަކުއްޖަކު އުރާލުމަށް އަތް ދިއްކުރައްވައިގެން--- ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު ކުޑަކުއްޖަކު އުރާލުމަށް އަތް ދިއްކުރައްވައިގެން--- ފޮޓޯ: ރައީސް އޮފީސް

ރައީސްގެ އިލްތިމާސް، އުފަން ދަރިން ނޫނަސް، ދަރިކުލުނު ބަހައްޓަވާ!

އުފަން ދަރީން ނޫނަސް، ކޮންމެ ކުޑަކުއްޖަކީވެސް ދަރިއެއްކަމުގައި ދެކި ކޮންމެ ކުއްޖަކާ މެދުވެސް ދަރިކުލުނާއި ތެދުވެރި ލޯތްބާއެކު މުުއާމަލާތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.

މި އަހަރުގެ ކުޑަކުދިންގެ ދުވަހު ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ކުޑަކުދިންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ކުރަން ޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުން އަންނަ ކަމަށެޗެ.

ރައީސް ވިދާޅުވީ، ކުޑަކުދިންނަށް ނަމޫނާއަކަށްވެ ހެޔޮ މަގު ދައްކައިދިނުމަކީ އެންމެންގެ މައްޗަށް އޮތް ދީނީ، އިންސާނީ، އަދި ގައުމީ މަސްއޫލިއްޔަތެއް ކަމަށެވެ.

"މި ހުރިހާ ކަމަކާއެކު، އަޅުގަނޑުމެން ކޮންމެ ބޮޑު މީހެއްގެ ކޮނޑުގައި އެޅިފައިވާ ވަރަށް މުހިންމު ދީނީ، އިންސާނީ، އަދި ގައުމީ މަސްއޫލިއްޔަތެއް އެބައޮތް. އެއީ، ކުޑަކުދީންނަށް ރައްކައުތެރިކަންދީ، ރީތި ނަމޫނާ ދައްކާ، ހެޔޮމަގަށް އެކުދީންގެ ސުލޫކު ބައްޓަންކުރަން މަގުދައްކައިދިނުމުގައި ހަމަ ކޮންމެ މީހަކު ވެސް ދެމިހުރުން." ރައީސް ވިދާޅުވި އެވެ.

ރައީސްގެ ހިތާބުގައި ވަނީ، ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލު އާއްމުގައި ޝަހީދުވީ ކުދިންނަށް މާތް ﷲ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާތޯ ދުއާ ދަންނަވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. އިނދެގެން އުޅޭ އަނބި ނޫނަސް ހުރިހާ އަންހެނުންނާވެސް އަނބި ކުލުނު ބާއްވަމާ

Leave a Reply

Your email address will not be published.