މަސްވެރިކަމާއި ގުޅޭ

breaking

ފެލިވަރުގައި ޖާގަނެތި، މަސްކިރަން ކޫއްޑުއަށް ދިއުމަށް މިފްކޯއިން އެދިއްޖެ

މެދުރާއްޖެތެރޭގައި މަސްވެރިކަން ރަނގަޅުވުމާއި ގުޅިގެން ފެލިވަރަށް ބާރުބޮޑުވެ ބޮޑެތި އަދަދުތަކުން ބާނާ ދޯނިފަހަރުތައް މަސްކިރަން ކޫއްޑުއަށް ދިއުމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން ބުނީ، މެދުރާއްޖެތެރޭގެ ބޮޑެތި އަތޮޅުތަކަށް މަސްވެރިކަން ރަނގަޅުވެ، މަސްބާނައިގެން ގިނަ ދޯނިފަހަރު ފެލިވަރަށް މަސްކިރަން އަންނަމުންދާތީ ފެލިވަރުގައި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާކަމަށެވެ. މިފްކޯއިން ބުނީ ފެލިވަރުގައި ޖާގައިގެ ދަތިކަން ކުރިމަތިވެ މަސްނުކިރި ގިނަ ދުވަހު މަޑުކުރަން ޖެހިދާނެކަމަށް ފެންނާތީ ފެލިވަރަށް މަސްކިރަން ދިއުމުގެ ބަދަލުގައި ކޫއްޑުއަށް ދިއުމަށް އެދޭކަމަށެވެ.

މިހަފްތާއަކީ މަސްވެރިކަން ރަނގަޅު ހަފްތާއެކެވެ. ޚާއްޞަކޮށް މ. އަތޮޅުގައި މަސްވެރިކަން ވަރަށް ރަނގަޅެވެ. މިފްކޯއިން ބުނަމުން އަންނަނީ މަސްވެރިންގެ އަތުން މަސް ގަތުމަށް އެކުންފުނިން ފުރިހަމަައަށް ތައްޔާރުވެފައި އޮތް ކަމަށެވެ. ނަމަވެސް މ. އަތޮޅު ބޭރުން މަސްބާނައިގެން ސަތޭކަ ފަންސާސް މޭލެއެއްހާ ދުރުގައި އޮންނަ ގއ. ކޫއްޑޫއަށް މަސްކިރަން ދިއުމަކީ މަސްވެރިންނަށް ވަރަށްބޮޑު ތަކުލީފަކަށް ވާނެ ކަމެކެވެ.

މެދުރާއްޖެތެރެއަށް މަސްވެރިކަން ރަނގަޅުވިތާ ތިން ދުވަސްފަހުން މިފްކޯއިން މި ނިންމި ނިންމުމާއެކު މަސްގަންނަން އެކުންފުނިން ތައްޔާރުވެފައިވާ މިންވަރާމެދު ސުވާލު އުފެދެއެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!