މަސްވެރިކަމާއި ގުޅޭ

award

އެމް.އެސް.ސީ އެވޯޑް ޔޫރަޕްގެ ސުޕަމާރޓް ތަކަށް

އެމް.އެސް.ސީ އެވޯޑް އިނގިރޭސިވިލާތުގެ ސުޕަމާރޓްތަކަށް ލިބިއްޖެއެވެ.

ދެމެހެއްޓެނިވިގޮތެއްގައި މަސްވެރިކަން ކުރާ ފަރާތްތަކުގެ ތެރެއިން އަލަށް މިދާއިރާއަށް ވަދެފައިވާ ފަރްތަތަކަށްދެވޭ އެވޯޑް ލިބިފައިވަނީ އައިސްލޭންޑް ސުޕަމާޓްގެ ފިހާރަތަކަށެވެ. އެކުންފުނި މިއެވޯރޑް އައިސްލޭންޑްގެ ސުޕަރމާކެޓްތަކަށް ލިބިފައިވަނީ އެމް.އެސް.ސީ ޤަބޫލްކުރާ ފެންވަރަށް އުފެއްދުންތައް ބާޒާރަށް ނެރުމަށް ބޮޑު ހޭދައެއްކޮށްފައިވާތީވެއެވެ.
ވިދި ވިދިގެން ތިން އަހަރު ފިޝް ކައުންޓަރ އެވޯޑް ހާސިލްކޮށްފައިވަނީ ވެއިޓްރޯސް އެންޑް ޕާރޓްނަރސްއަށް ނިސްބަތްވާ ސުޕަމާރޓްތަކުންނެވެ.

ސުޕަމާކެޓް އޮފް ދަ އިޔާރގެ އެވޯރޑާއި، މިޑް ސްޓޯރ އޮފް ދަ އިޔާރވެސް އެވޯޑް ލިބިފައިވަނީ ސެންސްބަރީ އެންޑް ލިޑްލްއަށެވެ. އަހަރުގެ "މާކެޓިންގް ޗެމްޕިއަން އެވޯރޑް "ހާސިލްކޮށްފައިވަނީ، ލިޑްލް ކުންފުނިންނެވެ. އެސުޕަމާކެޓުން މިއެވޯރޑް ހާސިލްކޮށްފައިވަނީ ދެމެހެއްޓެނިވި ގޮތުގައި މަސްވެރިކަން ކުރުމަށް ކެމްޕޭނުތަކެއް ކޮށްގެންނެވެ.
އަހަރުގެ އޯޝަން ހީރޯގެ އެވޯޑް ލިބިފައިވަނީ އަޔަރލޭންޑްއަށް ނިސްބަތްވާ ބޯރޑް އިޔަސްޚައިގް މައްރާއިންނެވެ. 

މި އެވޯޑަކީ ދެމެހެއްޓެނިވި ގޮތްގޮތަށް މަސްވެރިކަން ކުރަމުން އަންނަ ފަރާތްތަކަށް އިތުރަށް އަހަންމިއްޔަތުކަން ދިނުމުގެ ގޮތުން "މެރިން ސްޓުއަރޑްޝިޕް ކައުންސިލްސް" (އެމް.އެސް.ސީ)އިން ދީފައިވާ އެވޯޑެކެވެ. މިއެވޯޑް ދީފައިވަނީ އެ ޖަމްއިއްޔާގެ އަހަރީ އިނާމު ދިނުމުގެ ހަޕްލާގައެވެ. ކޯވިޑް-19ގެ މިހަފްލާ ބާއްވާފައިވަނީ އިންޓަނެޓް މެދުވެރިކޮށެވެ.

މި ޖަލްސާ ލައިވް ސްޓްރީމްކޮށްފައިވަނީ އިނގެރޭސިވިލާތުގެ ޕްލައިމައުތް ބަނދަރުގައި ހުންނަ ނެޝަނަލް މެރިން އެކުއޭރިއަމްގައެވެ. 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!