މަސްވެރިކަމާއި ގުޅޭ

ސޮބާހް5 ޓެސްޓަށް ދުއްވަނީ
ސޮބާހް5 ޓެސްޓަށް ދުއްވަނީ

ރ. މަޑުއްވަރީ "ސޮބާހު-5

މިއީ ރ. މަޑުއްވަރީ މަސްވެރިންގެ ފްލީޓަށް އެންމެފަހުން އިތުރުވި "ސޮބާހް 5" ދޯންޏެވެ.

މިދޯންޏަކީ އެރަށު ކަރަންކާގެ އާއިލާއިން ބަނދެ ދުއްވާ ފަސްވަނަ ދޯންޏެވެ. މިދޯންޏަކީ ދުވަހު މަސްވެރިކަމަށް ޚާއްޞަ ދޯންޏެކެވެ. ދޯނީގެ ދިގުމިނުގައި 58 ފޫޓު ހުންނައިރު، ފުޅާމިނަކީ 18 ފޫޓެވެ. މި ދޯނި ބަނދެފައިވަނީ ރ. އަލިފުށީގައެވެ. އަދި މަސްވެރިކަމަށް ފައްކާވާނެހެން ދޯނި ނިންމުމުގެ މަސައްކަތްކޮށްފައިވަނީ މަޑުއްވަރީގައެވެ.

262 ހޯސްޕަވަރުގެ ވޯލްވޯ އިންޖީނެއް އަޅާފައިވާ މިދޯނި ގަޑިޔަކު 14 މޭލު ދުވާކަމަށާއި އަދި ފެންލައިގެން 12 މޭލު ދުވާކަމަށްވެސް އޮޑިވެރިޔާ މުޙައްމަދު ޞަބާހް މަސްވެރިން އެމްވީއާ ވާހަކަ ދައްކަމުން ބުނެފައިވެއެވެ. 

ގުޅުންހުރި ލިޔުންތައް