މަސްވެރިކަމާއި ގުޅޭ

Niumathu-3

ދ. ކުޑަހުވަދޫ "ނިއުމަތު-3"

ދ. ކުޑަހުވަދޫ ނިޢުމަތު-3 އަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ 2 އިންޖީނު އެޅި މަސް ދޯންޏެވެ.

2007 ވަނަ އަހަރު މި ދޯނި ފުރަތަމަ ބާލާފައި ވަނީވެސް 2 އިންޖީނާ އެކީގައެވެ. އޭރު މިދޯނީގައި އަޅާފައިވަނީ 350 ހޯސްޕަވަރުގެ 2 އިންޖީނެވެ. އޭގެ ފަހުން މިދިޔަ 2020 ވަނަ އަހަރު މި ދޯނީގެ އިންޖީނުތައް ވަނީ ބޮޑު ކޮށްފައެވެ. މިހާރު މި ދޯނީގައި އަޅާފައިފައިވަނީ 500 ހޯސްޕަވަރުގެ 2 އިންޖީނެވެ.

މިދޯނީގައި މަސް ރައްކާކުރުމުގެ ޖާގައަކީ 49.2 ޓަނެވެ. ދޯނީގެ ދިގުމިނަކީ 33 މީޓަރެވެ.

ނިއުމަތު-3 އަކީ ދޮށީގެ މަސްވެރިކަމަށް ރާއްޖޭގައި މަޝްހޫރު ދޯންޏެވެ. މިދޯނި އެއް ދުވަހުން އެންމެ ގިނައިން ބާނާފައިވަނީ 35 ޓަނުގެ މަހެވެ.

މިދޯނީގައި 25 މަސްވެރިން ހަރަކާތްތެރިވެއެވެ. ދޯނީގެ ކެޔޮޅަކީ ދ.ކުޑަހުވަދޫ ބީޗްހައުސް ހުޞެއިން ރަޝީދެވެ.

ގުޅުންހުރި ލިޔުންތައް

One Response

  1. ޥަރަށްް ފުރިހަމަވީސްް ދޯނިި ފަރުމާކުރިި ފަރާތުގެެ މައުލޫމާތާއިި ދޯނީގެެ ވެރިފަރާތްް އެގެންް އޮތްނަމަ

Comments are closed.