މަސްވެރިކަމާއި ގުޅޭ

Niumath-3

މާދަމައިން ފެށިގެން މަސްގަތުމުގެ ކޮންޓްރޯލް ދޫކޮށްލާނަން: ހޮރައިޒަން ފިޝަރީޒް

ހޮރައިޒަން ފިޝަރީޒުން މަސްގަތުން ކޮންޓްރޯލް ކުރި ކުރުން ދޫކޮށްލައިފިއެވެ.

އެކުންފުނިން ބުނީ މާދަމައިން ފެށިގެން ކުރިއެކޭ އެއްގޮތަށް އެއްވެސް ކޮންޓްރޯލެއް ނެތި މަސްގަންނާނެކަމަށެވެ.

އަދި މަސް ބަރުކުރާ ބޯޓު މިމަހު 18 ވަނަ ދުވަހު މާންދުއަށް އަންނާނެކަމަށް ހޮރައިޒަން ފިޝަރީޒުން ބުންޏެވެ.

އުތުރާއި މެދުރާއްޖެތެރެއަށް މަސްވެރިކަން ރަނގަޅުވުމާއެކު ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސްއިން ވަނީ މަސްގަތުން ކޮންޓްރޯލް ކޮށްފައެވެ. މިގޮތުން މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ކޮންމެ ދޯންޏަކުން އެކުންފުނިން ގެންނަމުން ދިޔައީ ކޮންމެ ދޯންޏަކުން ގިނަވެގެން ފަސްޓަނުގެ މެހެވެ.

ހޮރައިޒަން އަކީ ރާއްޖޭގައި އެންމެ ގިނައިން މަސްގަންނަ އަމިއްލަ ކުންފުންޏެވެ. އަދި ކަޅުބިލަމަސް ގަތުމުގައި މިފްކޯއާ ވާދަކުރާ ހަމައެކަނި ކުންފުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!