މަސްވެރިކަމާއި ގުޅޭ

zikura3

އދ. ކުނބުރުދޫ "ޒިކުރާ 3"

ޒިކުރާ-3 އަކީ އދ. ކުނބުރުދޫގެ އެންމެ ބޮޑު މަސް ދޯންޏެވެ.

މި ދޯނި ބަނދެފަައިވަނީ އދ.މަންދޫގައެވެ. މަންދޫން ދޯނި ބަނދެގެން އިއްޔަ ( 10 ސެޕްޓެމްބަރ 2020) ކުނބުރުދުއަށް ގެންދިއުމުން ކުނބުރުދޫގެ ރައްޔިތުން ވަނީ އެކަން ފާހަގަކޮށް ހޫނު މަރުހަބާއެެއް ކިޔާފައެވެ. ދޯނީގެ ވެރިފަރާތުން މަޢުލޫމާތުދޭ ގޮތުގައި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މި ދޯނި މަހަށް ފުރޭ ވަރަށް ތައްޔާރު ކުރެވޭނެއެވެ.

ޒިކުރާ-3 ކުނބުރުދުއަށް ގެންދިއުމުން ރަށުގެ ރައްޔިތުން މަރުހަބާ ކިޔަނީ

ޒިކުރާ-3 އަކީ ބޮޑު ކަންނެލީގެ މަސްވެރިކަމަށް ޚާއްޞަ ދޯންޏެކެވެ. ދޯނިން މަހަށްދާނެކަމަށް އޮޑިވެރިޔާ ލަފާކުރަނީ ގާތްގަނޑަށް ވިއްސަކަށް މީހުންނެވެ. ދޯނީގެ ދިގުމިނަކީ87 ފޫޓެވެ.

މި ދޯނީގެ ކެޔޮޅަކީ އދ.ކުނބުރުދޫ ޖަވާހިރު ވިލާ މޫސާ ރަޝީދެވެ.

 

ގުޅުންހުރި ލިޔުންތައް

One Response

  1. .މި ދޯނީގެ ކެޔޮޅަކީ އދ.ކުނބުރުދޫ ޖަވާހިރުވާދީގޭ މޫސާ ރަސީދުއެވެ

Comments are closed.