މަސްވެރިކަމާއި ގުޅޭ

ފާނަ ބާނަން ބޭނުންކުރާ "ތިމަރު ބުޅި"

ފަރުމަހުގެ ކެޔޮޅުކަމުގައި އެންކޮޅު އަޑިއަށް ފޮނުވަން "ބަރު" ބޭނުންކުރެއެވެ. "ބަރު" ހަދާފައި ހުންނަނީ ތިމަރުންނެވެ. އެކި ސައިޒްތަކަށް، އެކި ބައްޓަމަށް "ބަރު" ހަދާފައި ހުރެއެވެ. އާންމުކޮށްކުރާ ފަރުމަހުގެ މަސްވެރިކަމުގައި "ބަރު"ލަނީ، ކަންވާރުގެ ކޮޅުގައި އައްސާފައި އޮންނަ ބުޅިއަށްވުރެ ދޮޅު ފޫޓެއްހާ ދުރުމިނުގައެވެ.

ފާނަ ބޭނުމަށް ބޭނުންކުރާ ދިރޭ އެންޖަހާފައި އެން އަޑިއަށް ފޮނުވަން "ބަރު" ބޭނުންކުރުމުގެ ބަދަލުގައި ބުޅިއަށް ތިމަރު ދުއްވައެވެ. ބުޅީގެ ކަންވާރު އައްސާ ކޮޅާއިއެކު، "ދޯރި" އެއްހެން ތިމަރު އަޅާފައި ހުންނައިރު، ކަންވާރު އެއްސުމަށް ހުންނަނީ "ތިމަރު ދޯރި" ފަލަކޮޅުގައި ލޯވަޅެއް އަޅާފައެވެ.

މިގޮތަށް ހަދާފައި ހުންނަ ބުޅީގައި ދިރޭ އެމުގެ ގޮތުގައި ކުދި މުގުރާން ނުވަތަ އެހެން ބާވަތެއްގެ އެމެއް ބުޅީގައި އަޅުވާފައި އަޑިއަށް ފޮނުވުމުން ފަސޭހަވެފައި މުރަތަކުގައި ބުޅި އަޅައިގަތުން ކުޑަވެއެވެ.

ފާނައަކީ އަނގަ ބޮޑު މަހެކެވެ. އަދި ކާނާގެ ގޮތުގައި ޝިކާރަކުރާ ކުދި މަސްތައް ކުދިކޮށްގެން ކެއުމުގެ ބަދަލުގައި އެކީއެކަށް ދިރުވާލައެވެ. އެހެންކަމުން ފާނަ މަސްވެރިން ދޫކުރާ އެން "ތިމަރު"އަޅާފައި ހުންނަ ބުޅިއާއެކު ދިރުވާލައެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!