މަސްވެރިކަމާއި ގުޅޭ

ސައިބޯނިފާނާ - ފޮޓޯ: ތަމްބްނެއިލް ސަމަރީ

ސައިބޯނި ފާނަ

މިއީ ސައިބޯނިމަހުގެ ބާވަތެކެވެ. މިބާވަތުގެ މަސް، މަސްމަހާމެހި ދިރާސާކުރާ ފަރާތްތަކުން މިހާރު ހިމަނާފައި ވަނީ ފާނަޢާއިލާގެ ތެރޭގައެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ މަހެއް ނޫނެވެ. މިބާވަތުގެ މަހުގެ ބޭރުގައި ވިހައެއް އެކުލެވޭ ލޮންޖެއް ހިމެނެއެވެ. މިއީ ރާއްޖެއިން މިބާވަތުގެ މަހެއްގެ ފުރަތަމަ ރެކޯޑް ވެސްމެ އެވެ. މިމަސް ފެނިފައިވަނީ މާލޭ މަސްމާރުކޭޓުގައި ވިއްކަން ހުރި މަސްތަކުގެ ތެރެއިންނެވެ މިބާވަތުގެ މަސް ބޭނޭލެއް މަދުކަމާއެކު މިމަހަށްކިޔާ ވަކި ޚާއްޞަނަމެއް ކިޔާފައި ނޯވެއެވެ. ވުމާއެކު މިބާވަތުގެ މަހަށް ކުރިން ކިޔަމުން އައި ސައިބޯނިމަހާއި ގުޅުވާ، މަހުގައި އެކުލެވޭ ލޮނދިކަމަށް ބަލާ "ސައިބޯނިފާނަ" ކިޔާ ނަންދީފައިވަނީއެވެ.

މިމަސް އެންމެ ބޮޑުވަނީ 33 ސެންޓިމީޓަރަށެވެ މަހުގެ ބުރަކަށިމަތީ ކޮތަރީގައި 8 ހަރުކަށްޓާއެކު 12 ނުވަތަ 13 މަޑުކަރިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރީގައި 3 ހަރުކަށްޓާއެކު 8 މަޑުކަރިހުރެއެވެ. މަހުގެ ކުލައަކީ މުށިކުލައެކެވެ. މުޅި މަހުގައި ހުދުކުލައިގެ ލައްތަކެއް ހުރެއެވެ. މަހުގެ ބުރަކަށިމަތީގައި ކަޅުކުލައިގެ 4 ލައް އަސްދާނުގެ ސިފައިގައިހުރެއެވެ.

މިބާވަތުގެ މަސް ދުވާލުގެ ވަގުތުތަކުގައި އުޅެނީ ފިލައިގެންނެވެ. އިރުއޮއްސޭ ގަޑިއަށް ނުކުމެ ކާނާ ޝިކާރަކޮށްގެން ކައިއުޅެއެވެ. މަހުގެ ތުނބުގެ
ކުރީގައި ކުޑަ މަސްކޮޅެއް އެލިފައި ހުރެއެވެ. މިއީ މިމަސް ދެނެގަންނަން އެންމެ ފަސޭހަ ސިފަވެސްމެއެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިނގިރޭސިނަން: Bearded soapfish

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!