މަސްވެރިކަމާއި ގުޅޭ

ގުރައިދޫގައި ބާއްވާ "މަސްވެރިންގެ ވަންޑޭ ކަޕް" ގައި ބައިވެރިވާ ދޯންޏަކުން ނެރެފައިވާ މަސްވެރިންގެ ޓީމް

މަސްވެރިންގެ ދުވަސް ފާހަގަކުރަން ތ. ގުރައިދޫ މަސްވެރިން ފުޓްބޯޅަ މުބާރާތެއް ބާއްވަނީ!

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތ. ގުރައިދޫ މަސްވެރިން ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިންމަފިއެވެ.

މަސްވެރިން އެމްވީއަށް މަޢުލޫމާތުދެމުން މިކަން ރާވާ ހިންގުމުހައި ހަރަކާތްތެރިވާ ޒުވާން މަސްވެރިޔަކު ބުނީ، "ތ. ގުރައިދޫ މަސްވެރިންގެ ވަން ޑޭ ކަޕް"ގެ ނަމުގައި ކުރިއަށްގެންދާ މި މުބާރާތް އޮންނާނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ކަމުގައިވާ އަންނަ ޑިސެމްބަރު މަހު 10 ވަނަ ދުވަހުގައި ކަމަށެވެ.

މި މުބާރާތުގައި ވާދަކުރާ ޓީމްތަކުގައި ހިމެނޭނީ އެރަށު ދޯނި ފަހަރުގެ މަސްވެރިން ކަމަށާއި، ޓީމުތައް ބައިވެރިވާނީ ދޯނި ފަހަރު ވަކިންކަމަށް އޭނާ ބުންޏެވެ. ގުރައިދޫގެ ޒުވާން މަސްވެރިން އިންތިޒާމް ކުރާ މި މުބާރާތުގައި އެރަށު 4 މަސް ދޯނިން ބައިވެރިވާނެއެވެ. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދޯނި ފަހަރުން މިހާރު ޕްރެކްޓިސް ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.

ތ، ގުރައިދޫ މަސްވެރިންގެ ވަންޑޭ ކަޕަށް ތައްޔާރުވާ މަސްވެރިންގެ ޓީމެއް

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!