މަސްވެރިކަމާއި ގުޅޭ

EmT1UATVoAEBKSi

މަސްވެރިއެއްގެ ކޮނޑު ހުޅުން ނެއްްޓިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވަނީ

މަސްވެރިކަމަށް ނިކުމެ އުޅުނު މަސްދޯންޏެއްގެ މަސްވެރިއެއްގެ ކޮނޑު ހުޅު ނެއްޓިއްޖެއެވެ.

އެމްއެންޑީއެފުން މައުލޫމާތުދޭގޮތުގައި ކޮނޑު ހުޅުން ނެއްޓުގެން ފަރުވާ ދިނުމަށް އެހީއަށް އެދިފައިވަނީ މަސްވެރިކަން ކުރަން ނިކުމެ އުޅޭ 'މަންފާ' ދޯނީގެ މަސްވެރިއަކަށް ކަމަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ ހއ. ހޯރަފުށީގެ ހުނޅަގުން 8 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު 'މަންފާ' ދޯނީގައި ހުރި މަސްވެރިއެއްގެ ކޮނޑު ހުޅުން ނެއްޓުގެން ސިއްޙީ އަވަސް ފަރުވާއަށް އެމްއެންޑީއެފް ނޮދަން އޭރިއާގެ އެހީތެރިކަމާއި އެކު މިހާރު ހދ. ކުޅުދުފުއްޓަށް ގެންދިޔުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިރޭ 18:32 ހާއިރުކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މިދިޔަމަހުގެތެރޭ މަސްވެރިކަމަށް ނިކުމެ އުޅުނު 3 މަސްވެރިއެއްގެ ހާރު ސީރިއަސްވެގެން ކޯސްޓު ގާޑުންވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!